އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާބުވިޔަ ނުދިނުމަށް އަވައްޓެރި އިންޑިޔާ އިން ރާއްޖެއާ ދެކޮޅަށް ކެމްޕޭން ކުރި ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
19 ޖޫން 2018
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާބުވިޔަ ނުދިނުމަށް އަވައްޓެރި އިންޑިޔާ އިން ރާއްޖެއާ ދެކޮޅަށް ކެމްޕޭން ކުރި ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިޔާގައި، އެ ގައުމުގެ ޑިޕްލޮމެޓަކާ ހަވާލާދީ ބުނެފައިވަނީ، ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއާ ދެކޮޅަށް އިންޑިޔާ އިން ވޯޓު ނުދިނުމުގެ އިތުރުން، އެ ގޮނޑި ރާއްޖެ އަށް ނުލިބޭތޯ މަސައްކަތް ވެސް ކުރި ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި މި މަހުގެ 8 ވަނަ ދުވަހު ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް، ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް ވަނީ ހޯދައިފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ. ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.
"މިހާރު ލިބެމުން އަންނަ ތަފުސީލުތަކުން އެނގޭ ގޮތުގައި، ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި އިންޑިޔާ އިން، ރާއްޖެއާ ދެކޮޅަށް ހަމައެކަނި ވޯޓުލީކީ ނޫން. އެހެން ގައުމުތަކުގައި ވެސް ރާއްޖެއާ ދެކޮޅަށް މަސައްކަތް ކޮށްފައިވޭ. އެހެންވެ ރާއްޖެ އަށް ވޯޓު ލިބުނީ އުއްމީދު ކުރި ވަރަށް ވުރެ ވެސް މަދުން،" އެ ގައުމުގެ ޑިޕްލޮމެޓަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާގައި ބުނެފައި ވެ އެވެ.
ގިނަ ގައުމުތަކުން، ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް އިންތިހާބު ކުރާނެ ގައުމެއް ކަނޑައެޅީ އިންޑިޔާ އިން ސަޕޯޓުކުރާ ގައުމަކަށް ބަލާފަ އެވެ. އެހެންވެ އެ ގައުމުތަކުގެ ވޯޓު އިންޑޮނޭޝިއާ އަށް ދިނީ ކަމަށް ބުންޏެވެ.
ލިޔުމުން 60 ގައުމެއް އަދި އަނގަބަހުން 30 ގައުމެއްގެ ތާއީދު ލިބިފައިވާ ކަމަށް ވެސް ރާއްޖެ އިން ކުރިން ބުނި ކަން އެ ނޫހުގައި ފާހަގަކޮށްފައިވެ އެވެ.
އެ ގޮނޑި ކާމިޔާބުކުރަން އިންޑިޔާ އިން އެހީ ދިން ކަމަށް، ރާއްޖެ އިން އިންޑިޔާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވި ނަމަވެސް، އެ އިންތިހާބުގައި އިންޑިޔާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި އިންޑިޔާ އިން ރާއްޖެއާ ދެކޮޅަށް ވޯޓު ދިނީ، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ވިސާގެ މައްސަލައިގައި ދެ ގައުމުގެ އިސް ވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ
ވިސާ މައްސަލަ ހައްލުކޮށްދޭން އިންޑިއާ އިން އެދިއްޖެ
އދ. ގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ރާއްޖެއަށް ގޮނޑި ހޯދައިދޭން އިންޑިއާ އެހީވި: ސަފީރު
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
ޔޫރަޕްގެ ގިނަ ގައުމުތަކުގެ ތާއީދު އޮތީ ރާއްޖެ އަށް
ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވޭނެ:ޝައިނީ
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރު، ރަނގަޅު ކުރަންޖެހޭ