20 ޖޫން 2018
މި އަހަރުގެ ރޯދަ މަސް ފެށުނު އިރު، ރޯދަ އިނާޔަތް ނުލިބިގެން 58 މީހަކު މައްސަލަ ހުށަހެޅުމުން، އޭގެ ތެރެއިން 42 މީހަކަށް އިނާޔަތް ހޯދައިދީފައިވާ ކަމަށް، ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ބުނެފި އެވެ.
މި އަހަރުގެ ރޯދަ މަސް ފެށުނު އިރު، ރޯދަ އިނާޔަތް ނުލިބިގެން 58 މީހަކު މައްސަލަ ހުށަހެޅުމުން، އޭގެ ތެރެއިން 42 މީހަކަށް އިނާޔަތް ހޯދައިދީފައިވާ ކަމަށް، ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ވަޒީފާގެ ގާނޫނުގައި ބުނާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ ދޭން ޖެހެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުގެ އިނާޔަތް ނުދީގެން 64 މީހަކު މައްސަލަ ހުށަހަޅާފައިވާ އިރު މި އަހަރު މައްސަލަ ހުށަހެޅި އެންމެ 58 މީހުންނެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް ވިދާޅުވީ މި އަހަރު ހުށަހެޅި 58 މައްސަލައިގެ ތެރެއިން 42 މައްސަލަ ބަލައި އެ މީހުން މަސައްކަތްކުރާ ތަންތަނުގެ އެހެން ބައެއް މުވައްޒަފުންނަށް ވެސް ރޯދަ މަހުގެ އިނާޔަތް ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ޖުމްލަ ކިހާ މުވައްޒަފުންނެއްކަން އެ އޮތޯރިޓީން ނުބުނެ އެވެ.
"އަޅުގަނޑުމެން އިނާޔަތް ހޯދައިދޭ އިރު އެ މައްސަލަ ހުށަހެޅި މުވައްޒަފަކާ އެކު އެ ތަނެއްގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް އިނާޔަތް ހޯދައިދެން،" އަލީ ޝަރީފް ވިދާޅުވި އެވެ.
މިއަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާރު ވެސް 16 މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް ކަމަށް ވިޔަސް، އިނާޔަތް ދިނުމަށް އެ ކުންފުނިތަކަށް އިތުރު ވަގުތު ދިނީ ގަބޫލު ކުރެވޭ ސަބަބުތަކެއް ހުރުމުން ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
"ވަޒީފާ ދިން ފަރާތުން ފޯނު ނުނެގުން ފަދަ ކަންކަން ދިމާވެގެން 16 ފަރާތަކަށް އަދި އިނާޔަތް ހޯދައިދެވިފައި ނުވަނީ. ނަމަވެސް އަޅުގަނޑުމެން އެކަން ބަލަމުން މިދަނީ. އަޅުގަނޑުމެން ދީފައިވާ މުއްދަތުގައި އިނާޔަތް ނުދީފި ނަމަ ފިޔަވަޅު އަޅާނަން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނާޔަތް ނުދީގެން އަދި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނާޅާ ކަމަށެވެ. ނަމަވެސް އަންގާފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
އިނާޔަތް ނުދޭ ނަމަ ވަޒީފާދޭ ފަރާތް، 5000-50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އަލީ ވިދާޅުވީ މީގެ އެހެން އަހަރުތަކުގައި އިނާޔަތް ނުދޭ ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހިމެނޭ ކަމަށެވެ. ނަމަވެސް މިފަހަރު މުޅިންހެން ހުށަހަޅާފައިހުރީ ކުދިކުދި ތަންތަނުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަކު ދެ މީހަކު ގެންގުޅޭ ތަންތަނުން އިނާޔަތް ނުދީގެން ގިނައިން ހުށަހެޅިފައިވަނީ. އަޅުގަނޑުމެން މި ފަހަރު ރޯދަ މަހާ ދިމާކޮށް ސޯޝަލް މީޑިއާ އާއި ނޫސްތަކާއި ޓީވީތައް މެދުވެރިކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގިން. އެކަމުގެ ނަތީޖާ ކަމަށް ބެލެވޭ މި ފަހަރު ހުށަހެޅުނު މައްސަލަތައް މަދުވީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނާޔަތް ނުދޭ ފަރާތްތަކުގެ މައްސަލަތައް އަދިވެސް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެ އޮތޯރިޓީ އަށް މައްސަލަ ހުށަހެޅުމުން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކި ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތަށް އަމަލު ކުރާ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެފަދަ ދެ މައްސަލައެއް މިހާރު ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ދެން ވެސް އޮތީ ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ!
ރޯދަ އިނާޔަތް ދޭން އަންގައިފި
މި މަހުގެ 10 ގެ ކުރިން ރޯދަ އިނާޔަތް ދޭން ޖެހޭ
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދޭން އިލްތިމާސްކޮށްފި
"އިހުމާލުން މަރުވެއްޖެ ނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ"
ރޯދަ އިނާޔަތް ނުލިބޭނަމަ ހުށަހަޅަން އެދިއްޖެ
ރޯދަ އެލަވަންސް ދޭން ހަނދާކޮށްދީފި
ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ
41 މީހަކަށް ރޯދަ އިނާޔަތް ހޯދާދިނިން: އެލްއާރުއޭ
"ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދީ"