Roadha Mihaaru
ޕިއްޒާ ބޯނާ އޮންލައިންވެ، "ރަހަ" ހެޔޮވަރު ކޮށްލައިފި

ޕިއްޒާ ބޯނާ އޮންލައިން ވެ، "ރަހަ" ހެޔޮވަރު ކޮށްލައިފި

25 ޖޫން 2018

ޕިއްޒާ ބޯނާ އަކީ ރާއްޖޭގެ ޒަމާނީ ޕިއްޒާ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ނަމެވެ. ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމަށް އެންމެ ފުރަތަމަ ޕިއްޒާ ޑެލިވަރީ ފެށި އެއް ކުންފުންޏަކީ ވެސް އެއީ އެވެ. އަނެއްކާ ވެސް މިއޮތީ މި އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންދަން އެ ކުންފުނިން ޓެކްނޮލޮޖީގެ ބޭނުން ހިފައިފަ އެވެ. މި ފަހަރު، "ރަހަމީރު" ޕިއްޒާ ބޯނާ އޮންލައިންވީ އެވެ.

ޕިއްޒާ ބޯނާ އަކީ ރާއްޖޭގެ ޒަމާނީ ޕިއްޒާ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ނަމެވެ. ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމަށް އެންމެ ފުރަތަމަ ޕިއްޒާ ޑެލިވަރީ ފެށި އެއް ކުންފުންޏަކީ ވެސް އެއީ އެވެ. އަނެއްކާ ވެސް މިއޮތީ މި އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންދަން އެ ކުންފުނިން ޓެކްނޮލޮޖީގެ ބޭނުން ހިފައިފަ އެވެ. މި ފަހަރު، "ރަހަމީރު" ޕިއްޒާ ބޯނާ އޮންލައިންވީ އެވެ.

ކުރިއަރާފައިވާ މަޝްހޫރު ބޮޑެތި ޕިއްޒާ ކުންފުނިތަކެކޭ އެއްފަދައިން މިހާރު ޕިއްޒާ ބޯނާ އެޕް މެދުވެރިކޮށް، ބޭނުން ވައްތަރެއްގެ ޕިއްޒާ އަކަށް އޯޑަރު ކުރެވޭނެ އެވެ. އެޕް މެދުވެރިކޮށް ޗިކަން، ބީފް، ޓޫނާ އަދި ސީފުޑް ޕިއްޒާ ތައްޔާރު ކޮށްލެވޭނެ އެވެ. އަދި ޕިއްޒާ އަށް އަޅަން ބޭނުންވާ އެއްޗެހި ވަކިން ނަގައި، އެ މީހަކު ބޭނުންވާ ޓޮޕިންއެއް ސިލެކްޓް ކޮށްލެވޭނެ އެވެ.

ޕިއްޒާ ޑެލިވަރީ އޮޕްޝަން އަމިއްލަ އަށް ސެލެކްޓް ކުރެވޭނެ އެވެ. ޕިއްޒާ ބޯނާ އަށް ގޮސް، އަމިއްލަ އަށް ޕިއްޒާ ނަގާނީތޯ ނުވަތަ ގެ އަށް ޑެލިވަރީ ކުރަން ދޫކޮށްލާނީތޯ ނިންމާނީ އެ މީހަކު އަމިއްލަ އަށެވެ.

އެންޑްރޮއިޑާއި އައިއޯއެސް ފޯނުތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕިއްޒާ ބޯނާ އެޕް މެދުވެރިކޮށް އޮންލައިން ކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ގެ އަށް ޕިއްޒާ އަންނައިރު ފައިސާ ނެތިގެން، ކާޑުން ނުކެޑިގެން އުޅެންޖެހޭ އުޅުމަށް ނިމުމެއް އައީ އެވެ.

"މިއީ ވަރަށް ދުވަހުން އަޅުގަނޑުމެން ތައްޔާރު ކުރި އެޕެއް. ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ހަދާނީ. އެހެންވީމާ ސެކިއުރިޓީ އަށް ބެލިޔަސް ވަރަށް ފުރިހަމަ އެޕެއް މިއީ،" ޕިއްޒާ އޯޑަރު ކުރަން ޚާއްސަ ކޮށްގެން ރާއްޖޭގައި ލޯންޗްކުރި ފުރަތަމަ އެޕް ނެރުނު ޕިއްޒާ ބޯނާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕިއްޒާ ބޯނާ އޮންލައިން ވީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށެވެ. އަދި އެޕާ އެކު ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕިއްޒާ ބޯނާގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ އިން އެ ކުންފުނީގެ ޚިދުމަތްތައް ހޯދޭނެ ގޮތްތައް ތައާރަފް ކުރާނެ ކަމަށެވެ.

ޕިއްޒާ ބޯނާ އެޕްލިކޭޝަނާ އެކު، ފޯނު ކިޔުގައި ހުރެގެން އޯޑަރު ދިނުން ނިމުމަކަށް އައީ އެވެ. ޕިއްޒާ ބޯނާ އިން ބުނީ އެ ކުންފުނީގެ އިތުރު މިއީ ރާއްޖޭގެ ޕިއްޒާ ޑެލިވަރީ ޚިދުމަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅި ބިންގަލެއް ކަމަށް ދެކޭ ކަމަށެވެ.