މޮސްކޯ (ޖޫން 27) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސާބިއާ އަތުން 2-1 އިން ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކި ކަމަށް ބުނެ ފީފާއިން އެ ދެ ކުޅުންތެރިން ޖޫރިމަނާކޮށްފައިވާއިރު، އެ ޖޫރިމަނާ ދައްކަން ކޮސޯވޯ އާއި އަލްބޭނިއާގެ ސަޕޯޓަރުން ފައިސާއެއް ކުރަން ފަށައިފަ އެވެ.
27 ޖޫން 2018
މޮސްކޯ (ޖޫން 27) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސާބިއާ އަތުން 2-1 އިން ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކި ކަމަށް ބުނެ ފީފާއިން އެ ދެ ކުޅުންތެރިން ޖޫރިމަނާކޮށްފައިވާއިރު، އެ ޖޫރިމަނާ ދައްކަން ކޮސޯވޯ އާއި އަލްބޭނިއާގެ ސަޕޯޓަރުން ފައިސާއެއް ކުރަން ފަށައިފަ އެވެ.
ޝަގީރީ އާއި ޝާކާ އަކީ އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު އެ ދެ ކުޅުންތެރިން އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކާލިއިރު، މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށް ބޭނުންކުރާ ނިޝާނެކެވެ.
ފީފާއިން މި މައްސަލަ ބެލުމަށް ފަހު ނިންމީ ކޮންމެ ކުޅުންތެރިއަކު 10،000 ޑޮލަރުން ޖޫރިމަނާކުރާށެވެ. އަދި ސްވިޒަލެންޑުގެ ކެޕްޓަން ސްޓެފަން ލެސްޓައިނާ ވެސް 5000 ޑޮލަރުން ޖޫރިމަނާކުރި އެވެ. އެއީ އެ ދެ ކުޅުންތެރިންނާ ބައިވެރިވުމުންނެވެ.
ޝަގީރީ އުފަންވީ ކޮސޯވޯގެ ޖިލަން އަށެވެ. ޝަގީރީގެ ބައްޕަ އަކީ ކޮސޯވޯ މީހެއް ނަމަވެސް އޭނާގެ މަންމަ އަކީ އަލްބޭނިއާ ރައްޔިތެކެވެ. ޝާކާގެ އާއިލާ އަކީ އަލްބޭނިއާ ބައެކެވެ. ޝަކާގެ ބައްޕަ އަކީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު 1980 ގެ އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލަށްލި މީހެކެވެ. ކޮސޯވޯ އަށް 2008 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު، ސާބިއާ އިން އަދިވެސް އަންނަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. ޝަގީރީ އާއި ޝާކާ އަށް ހަރުކަށި އަދަބުދޭން ސާބިއާގެ މީޑިއާތަކުން ވަނީ ފީފާ އަށް ގޮވާލައިފަ އެވެ.
އަލްބޭނިއާގެ ބޮޑު ވަޒީރު އިޑީ ރާމާ ވިދާޅުވީ ޝަގީރީ އާއި ޝާކާގެ އުފާފާޅުކުރުމަކީ އެ ދެ ކުޅުންތެރިން ސިޔާސީވުމެއް ނޫން ކަމަށާއި އަމިއްލަ ލެޔަށް އަދާކުރި އިހުތިރާމެއް ކަމަށެވެ. އަދި އެ ދެ ކުޅުންތެރިންނަކީ އެހެން ޓީމަކަށް ކުޅުނު ބަޔެއް ކަމަށް ވިޔަސް އަބަދުވެސް އަލްބޭނިއާގެ ސަޕޯޓް އޮންނާނެ ކަމަށެވެ.
އަލްބޭނިއާގެ ބޭންކުގައި ވަނީ ޝަގީރީ އާއި ޝާކާގެ ޖޫރިމަނާ ދައްކަން އިއްޔެ އެކައުންޓެއް ހުޅުވައިފަ އެވެ. އަދި އޮންލައިން މެދުވެރިކޮށް ފަންޑެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެ ފަންޑަށް 24 ގަޑިއިރު ހަމަނުވަނިސް ވަނީ 23000 ޑޮލަރު ލިބިފަ އެވެ. އޭގެ އިތުރުން ކޮސޯވޯގެ ކޮމާސް އެންޑް އިންޑަަސްޓްރީ މިނިސްޓަރު ބައިރަމް ހަސާނީ ވަނީ ޝަގީރީ އާއި ޝާކާގެ ޖޫރިމަނާ ދެއްކުމަށް އޭނާގެ އެއް މަހުގެ މުސާރައަށްވާ 15000 ޔޫރޯ ވެސް ހަދިޔާ ކޮށްފަ އެވެ.
ސްވިޒަލެންޑުގެ ކޯޗު ލަޑިމީރް ޕެޓްކޮވިޗް ވަނީ ސާބިއާ މެޗުގައި ހިނގާދިޔަ ކަންތައްތަކާ މެދު ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އަދި އެއީ ނިމިފައި އޮތް ކަމަކަށްވާތީ ދެން ވިސްނަނީ މިރޭ ކުޅޭ ކޮސްޓަ ރިކާ މެޗަށް ކަމަށް ބުންޏެވެ. މުބާރާތުން ކަޓާފައިވާ ކޮސްޓަ ރިކާއާ އެއްވަރުކޮށްލައިގެން ވެސް ސްވިޒަލެންޑަށް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.
އަލްބޭނިއާ އަތުން ސްވިޒަލެންޑަށް ހަނި މޮޅެއް
އަލްބޭނިއާ-ސްވިޒަލެންޑް މެޗު، ދެބެން ދެ ޓީމުގައި!
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
2034 ގެ ވޯލްޑް ކަޕް އޮންނާނީ ސައޫދީގައި