Roadha Mihaaru
އޮންލައިންކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަދަނީ

ބީއެމްއެލް އިން އޮންލައިންކޮށް ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފު ކުރަނީ

28 ޖޫން 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިންކޮށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އަންނަ ހަފުތާގައި ތައާރަފު ކުރަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިންކޮށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އަންނަ ހަފުތާގައި ތައާރަފު ކުރަން ނިންމައިފި އެވެ.

ރިސޯޓު ތަކަށް ލިބެން ހުރި ބޭންކިން ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޚާއްސަ ހަފުލާ އަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ބްރާންޗު ތަކުގެ ޚިދުމަތްތަކާއި ކޭޝް ކާޑު އަދި އޮންލައިން ބޭންކިންގެ ޚިދުމަތްތައް ހިމެނިގެން، ރިސޯޓްތަކަށް ފޯރުކޮށް ދެމުންދާ ބޭންކިން ޚިދުމަތްތަކާ ބެހޭ މައުލޫމާތު އެ ހަފުލާގައި ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، އަލަށް ތައާރަފު ކުރާ އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް ވެސް ދައްކައި ދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފު ކުރުމުން، ރިސޯޓުތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތް ކުރާ މީހުންނަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. މޮބައިލް ފޯން މެދުވެރިކޮށް ދޭ އެ ޚިދުމަތް އަންނަ ހަފުތާގައި ރަސްމީކޮށް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރިސޯޓުތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ބީއެމްއެލް

ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރިސޯޓުތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ ރިސޯޓު ތަކަށް ލިބެން ހުރި ބޭންކިންގެ ޚިދުމަތްތައް ދައްކުވައި ދިނުމަށް ބޭއްވި ހަފުލާގައި، ރާއްޖޭގެ އެކި ރިސޯޓުތަކުގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި ކަމަށެވެ.

"ބީއެމްއެލް އިން ފަތުުރުވެރިކަމުގެ ދާއިރާ އާއި މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޮތް ގާތް ގުޅުމާއި އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް މި ހަފްލާގައި އަލިއަޅުވައިލެވުނުވެ. މި ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕަރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ވެސް ހާއްސަ ވެގެންދާ ބޭންކަކީ ބީއެމްއެލް،" އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މެނޭޖްމަންޓުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބްރާންޗް ނެޓްވާކް، އެޖެންޓުން، އަދި އޭޓީއެމް މެދުވެރިކޮށް ދޭ އެހީތެރިކަން އެ ހަފުލާގައި ފާހަގަކުރި ކަމަށެވެ. އަދި އިންޓަނެޓް ބޭންކިން އާއި ކާޑާއި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްދޭ ޚިދުމަތްތަކާ އެކު ފުރިހަމަ ބޭންކިން ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާ ހަމައެކަނި ބޭންކަކީ ބީއެމްއެލް ކަމަށް އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ވެ އެވެ. އޭގެ އިތުރުން، ކޮންމެ ރިސޯޓެއްގެ ބޭންކިންގެ ޚިދުމަތްތަކާ ގުޅޭގޮތުން މުއާމަލާތް ކުރުމަށް ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައަޅާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރިސޯޓު ތަކަށް ހާއްސަ ކޮށްގެން ބޭއްވި ހަފްލާގައި ގިނަ ބޭފުޅުންނާ ބައްދަލުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ތި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ބޭންކް އޮފް މޯލްޑިވްސްއާ އެކު ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައި. މި މުއްދަތުގައި ތިޔަ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ އިތުރުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިވަނީ ވަރަށް ބޮޑުކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައި. އަޅުގަނޑުމެންގެ އިންޓަނޭޝަނަލް އޮންލައިން މަނީ ޓްރާންސްގެ ޚިދުމަތާ ގުޅޭ މައުލޫމާތު ތިޔަ ބޭފުޅުންނާ ހިއްސާ ކުރެވޭ ކަމީ އަޅުގަނޑެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެ ހަފުލާގައި އެންޑްރޫ ވިދާޅުވި އެވެ.