Roadha Mihaaru
ތަރުކާރީގައި ޖަރާސީމު ހުރުމުން ބާޒާރުން ނަގަނީ

ޔޫރަޕުން އެތެރެ ކުރި ތަރުކާރީތަކެއްގައި ޖަރާސީމު ހުރުމުން ބާޒާރުން ނަގަނީ

16 ޖުލައި 2018

ޔޫރަޕުން އެތެރެ ކުރަމުން އައި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެއްގައި އިންސާނުންނަށް ގެއްލުން ހުރި ޖަރާސީމެއް ހުރުމުން، ބާޒާރުން އެ ތަކެތި ނަގަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޔޫރަޕުން އެތެރެ ކުރަމުން އައި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެއްގައި އިންސާނުންނަށް ގެއްލުން ހުރި ޖަރާސީމެއް ހުރުމުން، ބާޒާރުން އެ ތަކެތި ނަގަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) ބުނެފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ޖަރާސީމާ ހެދި ތަޣައްޔަރުވެފައިވަނީ "ޑީއޭޓީ ޝައުބް"، "ޓްރާންސްގޯމޭ ކުއަލިޓީ"، އަދި "ޕެންގުއިން" ބްރޭންޑްތަކުގެ ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެވެ.

އެ ކާބޯތަކެތީގައި ހުރިކަމަށް ވަނީ "ލިސްޓީރިއާ މޮނޯސައިޓޯޖެންސް" ކިޔާ ޖަރާސީމެކެވެ. މި ޖަރާސީމުގެ ސަބަބުން "ލިސްޓީރިއޯސިސް" ކިޔާ ބައްޔެއް ޖެހިއްޖެ ނަމަ ބޮލުގަ ރިއްސައި ބޭރަށް ހިނގައި ހުން އައިސް، އަދި ގައިގައި ރިއްސުން އެކަށީގެން ވެއެވެ.

އެމްއެފްޑީއޭ އިން ބުނަނީ މި ޖަރާސީމު އެކުލެވިގެން ތަޣައްޔަރުވެފައިވާ ކާ ތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއްކަމަށެވެ. އަދި އެ ބާވަތްތަކުގެ ކާއެއްޗެހި ނުކެއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.