Roadha Mihaaru
އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވާނީ ހަނގުރާމަތަކުގެ މަންމަ އަށް

އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވާނީ "ހަނގުރާމަތަކުގެ މަންމަ" އަށް: އީރާން

23 ޖުލައި 2018

ތެހެރާން (ޖުލައި 23) - "ސިންގާގެ ނަގުލަށް ނުކުޅުމަށާއި" އެ ގޮތަށް ކަންތައް ކުރާ ނަމަ އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވެގެން ދާނީ ހުރިހާ "ހަނގުރާމަތަކުގެ މަންމަ" އަށް ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 23) - "ސިންގާގެ ނަގުލަށް ނުކުޅުމަށާއި" އެ ގޮތަށް ކަންތައް ކުރާ ނަމަ އެމެރިކާއާ އެކު ކުރާ ހަނގުރާމަ ވެގެން ދާނީ ހުރިހާ "ހަނގުރާމަތަކުގެ މަންމަ" އަށް ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.

"މަނިކުފާން ހަނގުރާމަ އިއުލާންކޮށް، ދެން ތިޔަ ވާހަކަ ދައްކަވަނީ އީރާނުގެ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ. "އީރާނުގެ ރައްޔިތުން ރުޅި އަރުވަން މަނިކުފާނަށް މަސައްކަތެއް ނުކުރެއްވޭނެ."

ހޮރްމޫޒް ކަނޑުއޮޅި އީރާނަށް ބަންދު ކުރެވިދާނެ ކަމަށް ރޫހާނީ ވިދާޅުވާ ވިދާޅުވުން އިއްޔެ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

"ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން އީރާނުން އަބަދުވެސް ޔަގީންކޮށްދޭނެ. ސިންގާގެ ނަގުލާ ނުކުޅޭ. އެކަމާ މުޅި އުމުރަށް ހިތާމަ ކުރަން ޖެހޭނެ،" އީރާން ޓީވީން ދުރަށް ދެއްކި ތަގްރީރުގައި ރޫހާނީ ވިދާޅުވި އެވެ. "އީރާނާ އެކު ގާއިމްކުރާ ސުލްހަ ވާނީ ހުރިހާ ސުލްހަތަކުގެ މަންމަ އަށް. އަދި އީރާނާ އެކު ކުރާ ހަނގުރާމަ ވާނީ ހުރިހާ ހަނގުރާމަތަކުގެ މަންމަ އަށް."

އެމެރިކާ އިން ދަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ނޮވެމްބަރު 4 އިން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.