Roadha Mihaaru
އެމެރިކާ އަށް ބިރު ނުދައްކަން ޓްރަމްޕް އިންޒާރު ދީފި

އެމެރިކާ އަށް ބިރު ނުދައްކަން އީރާނަށް ޓްރަމްޕް އިންޒާރު ދެއްވައިފި

23 ޖުލައި 2018

ވޮޝިންޓަން (ޖުލައި 23) - އެމެރިކާ އަށް އެކި ފާޑުގެ ބިރުތައް ނުދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖުލައި 23) - އެމެރިކާ އަށް އެކި ފާޑުގެ ބިރުތައް ނުދެއްކުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފި އެވެ.

ކެޕިޓަލް އަކުރުން ޓްރަމްޕް ލިޔުއްވި ޓްވިޓާ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ އަށް މީގެ ފަހުން އެ ގޮތަށް ބިރު ނުދެއްކުމަށާއި އެ ގޮތަށް މީގެ ކުރިން ބިރު ދެއްކި މީހުންނަށްވީ ގޮތް އީރާނަށް ވެސް ވެދާނެ ކަމަށެވެ.

ޓްރަމްޕުގެ މި އިންޒާރު އައިސްފައި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވި އިންޒާރުގެ މެސެޖަކާ ގުޅިގެންނެވެ. ރޫހާނީ ވިދާޅުވީ އެމެރިކާއާ އެކު ފަށާ ހަނގުރާމަ ވެގެންދާނީ ހަނގުރާމަތަކުގެ މަންމަ އަށް ކަމަށެވެ. އަދި ސިންގާގެ ނަގުލާ ނުކުޅުމަށް ރޫހާނީ ވަނީ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ.

ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ މި ބާވަތުގެ އިންޒާރުގެ މެސެޖްތަކެއް ބަދަލުކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ދެ ގައުމުގެ މަޝްރަހު ފިނިކޮށް، ދެ ލީޑަރުން ވަނީ މިިދިޔަ ޖޫން މަހު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ.

އެމެރިކާ އިން ދަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ނޮވެމްބަރު 4 އިން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.