ސްކޫލުތައް ޑިޖިޓައިޒްކޮށް ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ކަމުގައި ވިއަސް އަދިވެސް ދަރިވަރުންނަށް ޓެބްލެޓް ބަހައި ނުނިމޭ ކަމަށް ބައެއް ސްކޫލުތަކުން މިއަދު ބުނެފި އެވެ.
23 ޖުލައި 2018
ސްކޫލުތައް ޑިޖިޓައިޒްކޮށް ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ކަމުގައި ވިއަސް އަދިވެސް ދަރިވަރުންނަށް ޓެބްލެޓް ބަހައި ނުނިމޭ ކަމަށް ބައެއް ސްކޫލުތަކުން މިއަދު ބުނެފި އެވެ.
ދެ ވަނަ ޓާމުގެ ކިޔެވުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށިއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ވަނީ ވައިފައިކޮށްފަ އެވެ. އެއާއެކު ދެވަނަ ޓާމުގެ ކިޔެވުން ފެށުމުން ޓެބްލެޓް ބޭނުންކޮށްގެން ކިޔެވުން ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވެފައިވަނީ، ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމުން ދަރިވަރުންނަށް ޓެބްލެޓް ބަހައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ޓެބްލެޓް ބޭނުންކުރަން ފަށާނެ ދުވަހެއް މިއަދު ސާފެއް ނުވި އެވެ.
ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ޓެބްލެޓްތައް އެންމެ ފުރަތަމަ ހަވާލުކުރީ ގްރޭޑް އެކެއްގެ ދަރިވަރުންނަށެވެ. ނަމަވެސް އެ ދަރިވަރުންގެ އަތުން ޓެބްލެޓްތައް އަތުލަން އެޑިއުކޭޝަން މިނިސްޓްރީން ފަހުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ސްކޫލުތަކުން ވަނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ އަތުން ޓެބްލެޓްތައް އަތުލައި އެ އެއްޗެހިތައް، ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރުންނާ ހަވާލުކޮށްފަ އެވެ.
"ގްރޭޑް އެކެއްގެ ދަރިވަރުން އަތުން ޓެބްލެޓްތައް އަތުލަން މިިނިސްޓްރީން އެންގީ. އެހެންވެ އެ އެއްޗެހިތައް ފަހުން ހަވާލުކުރީ 10ގެ ދަރިވަރުންނަށް. މިހާރު އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ،" ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،459 ޓީޗަރުންނާ ޓެބްލެޓް ހަވާލުކޮށްފަ އެވެ. އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުވަން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކުރީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފައި ވެ އެވެ. ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.
އަންނަހަފުތާގައި ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ
ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށައިފި
ޓެބްލެޓް ބޭނުންކުރަން ބެލެނިވެރިން އަހުލުވެރިކުރުވަނީ
ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށައިފި
ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރާނެ: އެޑިއުކޭޝަން
ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް
ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ