ދިރާގާއި ސްޕާކްހަބް ގުޅިގެން "އެންޖަލްހެކް" ހެކަތޮން އިން އެއްވަނައަށް ދިޔަ ޓީމަށް ބައިނަލްއަގުވާމީ އެކްސަލަރޭޓާ ޕްރޮގްރާމަކުން ފުރުސަތު ލިބިއްޖެ އެވެ.
23 ޖުލައި 2018
ދިރާގާއި ސްޕާކްހަބް ގުޅިގެން "އެންޖަލްހެކް" ހެކަތޮން އިން އެއްވަނައަށް ދިޔަ ޓީމަށް ބައިނަލްއަގުވާމީ އެކްސަލަރޭޓާ ޕްރޮގްރާމަކުން ފުރުސަތު ލިބިއްޖެ އެވެ.
"އެންޖަލްހެކް މޯލްޑިވްސް"ގެ ނަމުގައި ހޮޓެލް ޖެންގައި ބޭއްވި ހެކަތޯންއަކީ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީގައި ސިލްސިލާ ގޮތުގައި ކުރިއަށް ގެންދާ ހެކަތޮންއެކެވެ. މި ހެކަތޮން ރާއްޖޭގައި ފެށިއިރު ރާއްޖެއެކޭ އެއް ވަގުތެއްގައި އެހެން ހަތަރު ގައުމެއްގައި ވެސް ކުރިއަށް ގެންދިޔަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހެކަތޯން، އެންޖަލްހެކްގެ އެއްވަނަ ލިބުނީ ގްރޫޕް ފައިންވައިސް އަށެވެ. މި ގްރޫޕުން ބުނީ 12 ހަފުތާގެ މި އެކްސަލަރޭޓާ ޕްރޮގްރާމް ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި މި ހެކަތޯންގެ ސަބަބުން ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.
"އެންޖަލްހެކް މޯލްޑިވްސް"ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިޔަށް ގެންދިޔަ ހެކަތޮންގެ ބައެއް ބައިވެރިންނާއެކު ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ވ) --. ފޮޓޯ: ދިރާގު
ދިރާގުން ބުނީ އެއްވަނަ ހޯދި ގްރޫޕަށް އެމެރިކާގެ ސެންފްރެންސިސްކޯގެ ސިލިކަން ވެލީގައި ގްލޯބަލް ޑެމޯއެއް ދައްކާލުމުގެ ފުރުސަތު އެއް ހަފުތާއަށް ލިބޭނެ ކަމަށެވެ.
އެ ހެކަތޮން ކުރިއަށް ގެންދިޔައީ ގްރޫޕުތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މިގޮތުން ގްރޫޕެއްގައި ފަސް މެންބަރުން ހިމެނެ އެވެ. މި ހެކަތޮންގައި ޖަޖުންގެ ގޮތުގައި ތިބީ ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫނާއި ޕޭމީޑިއާގެ ފައުންޑަރު ކަނިކްޝާ އަދި މައިންޑްވެލީގެ ޕްރޮޑަކްޓް މެނޭޖަރު އަހުމަދު ރިއާޒީ މުހައްމަދު އެވެ.
އޭންޖަލް ހެކްގެ އެއްވަނައަށް "ޓީމް ސްޓޭލައިޓް"
އޭންޖަލް ހެކްގެ ދެވަނަ ހެކަތޯން ފަށައިފި
ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ދިރާގުން ފަށައިފި
ދުނިޔޭގެ އެންމެ ވަރުގަދަ ހެކަތޯން ރާއްޖެ އަށް
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި