01 އޯގަސްޓް 2016
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ވަރުގެ ސާފު ފައިދާއެއް މިދިޔަ ކުއާޓާގައި ވެސް ލިބިއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ވަރުގެ ސާފު ފައިދާއެއް މިދިޔަ ކުއާޓާގައި ވެސް ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.2 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނިން ބުނީ މި އަހަރުގެ ދެވަނަ ކުއާޓާގައި 293.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓާގައި 76.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްޓީސީސީން ބުނީ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 42.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ސާފު ފައިދާ ދަށްވެފައި ވަނީ ފެރީ ހިދުމަތަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން މިއަހަރުގެ މާޗް މަހުން ފެށިގެން އެ ހިދުމަތުން ގެއްލުން ވަމުން އަންނާތީ ކަމަށެވެ. އަދި މިދިޔަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކަން އަންގައިދޭ ކަމަށެވެ.
އެމްޓީސީސީއަށް 67 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްޓީސީސީގެ ފައިދާ 17 މިލިއަނަށް ވެއްޓިއްޖެ
ހިއްސާ ވިއްކައިގެން އެމްޓީސީސީން 305 މިލިއަން ރުފިޔާ ހޯދަނީ
އެމްޓީސީސީގެ އާންމު ޑިރެކްޓަރުން ހޮވަން ސަރުކާރުގެ ވޯޓު
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ
އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 24ރ. ބަހަނީ
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި