Roadha Mihaaru
އެމްޓީސީސީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި

އެމްޓީސީސީގެ ހިއްސާ ވިއްކުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި

17 ޑިސެމްބަރ 2017

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހިއްސާ ގަތުމަށް މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރީ ރަށްރަށުގައި ތިބި ހިއްސާދާރުންގެ ތެރެއިން ހިއްސާ ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ގިނަ ހިއްސާދާރުން ތިބީ އެކި ރަށްރަށުގައި. އަޅުގަނޑުމެންގެ ޓީމުތައް މިހާރު ވެސް އެ ރަށްރަށަށް ގޮސް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދީ މުއާމަލާތް ކުރިޔަށް އެބަ ގެންދޭ. އެކަމަކު ހުރިހާ ރަށަކަށް ދަތުރުކުރަން ދަތިވާނެތީ ވަގުތު އިތުރުކުރީ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ޓީމެއް ރަށަކަށް ގޮސް މައުލޫމާތު ދެނީ: ހިއްސާ ގަތުމުގެ ފުރުސަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައި. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ޓީމެއް ރަށަކަށް ގޮސް މައުލޫމާތު ދެނީ: ހިއްސާ ގަތުމުގެ ފުރުސަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައި. ފޮޓޯ: އެމްޓީސީސީ

އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ ޓީމުތައް ރަށްރަށަށް ގޮސް ހިއްސާދާރުންގެ ތެރެއިން ޑިވިޑެންޑް ނުނަގާ ތިބި މީހުންނަށް ޑިވިޑެންޑް ދޫކުރަމުން ވެސް އަންނަ ކަމަށެވެ. އަދި އެ ޑިވިޑެންޑުން އިތުރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއްސާ ގަންނަން ބޭނުންވި ފަރާތްތަކަށް އެކަން ކޮށްދިނުމުގެ ގޮތުން މިހާތަނަށް ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފި. މިހާރު ޓީމުތައް އެކި ރަށްރަށުގައި ހަރަކާތްތެރިވަމުން އެބަ ދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ނިންމާފައި ވަނީ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 310 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެމްޓީސީސީގެ ހިއްސާ ވިއްކަން ހުޅުވާލި މުއްދަތުގައި ހިއްސާ ގަތް އަދަދެއް އެ ކުންފުނިން އަދި ހާމައެއްނުކުރެ އެވެ.

މިދިޔަ އޮކްޓޯބަރު 19ގަައި ހުޅުވާލި ފުރުސަތުގައި އެ ކުންފުނީގެ ހިއްސާ އޮންނަ ކޮންމެ މީހަކަށް އެ މީހެއްގެ އަތުގައި ހިއްސާ އޮތް މިންވަރަށް ހިއްސާ ގަނެވޭނެ އެވެ. އެމްޓީސީސީން ހިއްސާއެއް ވިއްކަނީ 62ރ.ގެ ރޭޓުންނެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކުމާ ބެހޭ މައުލޫމާތު ދޭން އެ ކުންފުނީގެ ޓީމަކުން ރަށެއްގައި މަސައްކަތްކުރަނީ ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކުމާ ބެހޭ މައުލޫމާތު ދޭން އެ ކުންފުނީގެ ޓީމަކުން ރަށެއްގައި މަސައްކަތްކުރަނީ ފޮޓޯ: އެމްޓީސީސީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަނާއި ދަތުރުފަތުރުގެ ވިޔަފާރިކުރާ ކުންފުނިން މިފަހަރު ނިންމާފައި ވަނީ ޖުމްލަ ފަސް މިލިއަން ހިއްސާ ވިއްކާ ގޮތަށެވެ. އަދި އެ އަދަދަށް ހިއްސާ ވިކިއްޖެ ނަމަ 310 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.