ކުނި ނައްތާލުމުގެ މަސައްކަތަށް ތިލަފުށީ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
26 ޖުލައި 2018
ކުނި ނައްތާލުމުގެ މަސައްކަތަށް ތިލަފުށީ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުއްޓަކީ ރައްކާތެރި، ސާފު، ދިރިއުޅެވޭނެ ފަދަ މާހައުލަކަށް ހެދުމަށްޓަކައި ކުނި މެނޭޖްކުރުމުގެ 158 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރު ފަށާފައިވާ ކަމަށެވެ. ހިއްކާ ނިންމީ މި ޕްރޮޖެކްޓަށް ބޭނުންވާ 15 ހެކްޓަރުގެ ބިމެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. އެ މަޝްރޫއުގެ ދަށުން ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ އެވެ. މި ބޮޑު މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ކުރިން ބުނި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ތިލަފުށީގައި ކުނި އެންދުން މި އަހަރުގެ ތެރޭގައި ހުއްޓައިލުމަށެވެ. އެ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި ނައްތައިލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ތިލަފުށީގައި ކުނީގެ މައްސަލަ ހައްލުކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ކުނި ބަންދުކުރާ ސިސްޓަމެއް ގެންނަން ބޭރުގެ ބަޔަކަށް
"ތިލަފުށީގައި ކުނި މެނޭޖްނުވާ މައްސަލަ ހައްލުކުރާނަން"
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް
ތިލަފުށީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި ހަދާ ޕްލާންޓެއް ހަދަނީ
15 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަނީ
އޭޑީބީޕްރޮޖެކްޓް ބިޑް ކުރުމުގައި ކޮރަޕްޝަން ނެތް:އޭސީސީ
ނޫސްވެރިން ކުނި ފަރުބަދައިގެ މައްޗަށް
ކުނި އެންދުން ހުއްޓާލައި ތިލަފުށި ފެހިކޮށްލަނީ