Roadha Mihaaru
ހަމަހަމަ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން: މުއިއްޒު

މުއިއްޒުގެ ރައްދު އިބޫއަށް: ހަމަހަމަ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން

28 ޖުލައި 2018

ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ަނެތި މިގައުމުގައި ވެރިކަމެއް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ަނެތި މިގައުމުގައި ވެރިކަމެއް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) މިއަދު ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

Tharaggee gennaanee mulhi raajje ah hamahama koh: Ibu

Tharaggee gennaanee mulhi raajje ah hamahama koh: Ibu

The most trusted news source in the Maldives

Mihaaru

ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެންނާނެ ކަމަށް އިބޫ ވިދާޅުވުން--

އެހަބަރު މީޑިއާތަކުން ގެނެސްދިންތާ މާގިނައިރުތަކެއް ނުވެ މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެރިކަމުގެ ނިޒާމުގައި ހަމަހަމަކަން" އެއީ ރައީސް ޔާމީންގެ ޓްރޭޑް މާކެއް ކަމަށެވެ.

މިސަރުކާރުން ތަރައްގީ ކުރަނީ މާލެ ސަރަހައްދު އެކަނި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށް ވަޑައިގެން އިބޫ ވަނީ އެއަތޮޅު ސަރުކާރުން ބާކީކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ވެރިކަމެއްގައި މުޅި ރާއްޖެއަށް ހަމަހަމަ އުސޫލަކުން ވެރިކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް--

"މިއަދު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކީ ވެސް މުޅި ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތަށް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް ތަސައްވަރެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް،" އިބޫ ވިދާޅުވި އެވެ.

މިސަރުކާރުން ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް މާލޭގައި ހިންގާއިރު ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުން މާލެ އައުމަށް ގޮވާލައްވައިފަ އެވެ. ހުޅުމާލެ އާއި ވިލިމާލެ ތަރައްގީކޮށް ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެެ.

މާލެއަށް ދިވެހި ރައްޔިތުން އައުމަށް ރައީސް ގޮވާލެއްވިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް އެޅުންފަދަ މަޝްރޫތައް ކުރިއަށް ގެންދާތީ ސިޔާސަތު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.