29 ޖުލައި 2018
އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމިނަށް މިރޭ އަރުވައިފި އެވެ.
އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމިނަށް މިރޭ އަރުވައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަދި އެމަނިކުފާނުގެ ރަނިން މޭޓްކަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އެރުވީ އެ ޕާޓީގެ ދެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ ކުރިން، 2013 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ރައީސް ޔާމީނަށް ލިބިވަޑައިގަތީ ޕްރައިމަރީގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޭރު، އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށް ދެއްވީ އޭރު ޕީޕީއެމްގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެކަމަކު އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ކުށް ސާބިތުވެ، މައުމޫން މިހާރު ގެންދަވަނީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ރައީސް ޔާމީނާއި މައުމޫނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މައުމޫން މަސައްކަތްޕުޅު ކުރައްވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކުގަ އެވެ. މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން ފާސްކުރީ، މީގެ ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމުން ބުނި ގޮތުގައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާ ހަވާލާދީ ޕީޕީއެމުން ބުނީ އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ.
އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭ ނަމަ އެކަން ކުރަން ޖެހޭނީ ޕީޕީއެމްގެ ކޮންގްރެސްއެއްގައި ކަމަށާއި ކައުންސިލަށް އެގޮތަށް ރިޔާސީ ޓިކެޓް ނުދެވޭނެ ކަމަށް، ޕީޕީއެމްގައި ކުރިން މަސައްކަތްކުރި މީހުން ބުނެ އެވެ.
ރައީސް ޔާމީން އާއި ރަނިން މޭޓް ޝަހީމް މިހާރު ވަނީ ރިޔާސީ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ. އެގޮތުން ޝަހީމް މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވަމުންނެވެ.
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ކެމްޕޭނަށް ޝަހީމް ދ. އަތޮޅަށް ވަޑައިގެންފި
މިއީ ސިޔާސީ ނުވެ ގައުމު ބިނާކުރަންވީ ވަގުތު: ޝަހީމް
ބަދަލަކަށް ބޭނުންވެގެން ވޯޓު ލުން ނިމިއްޖެ: ޝަހީމް
ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް
ގާނޫނު ހިންގުމުގެ ފަލްސަފާ ރައީސް ޔާމީން ދަނޭ: ޝަހީމް
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް
ޝަހީމް ތިނަދޫގައި؛ މިއީ ހާއްސަ ރަށެއް
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"