އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ހޮވުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ރާއްޖޭގެ ހުރިހާ އެންމެންނަށް ސިޓީފުޅެއް ފޮނުއްވަން ފައްޓަވައިފި އެވެ.
27 އޯގަސްޓް 2018
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ހޮވުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ރާއްޖޭގެ ހުރިހާ އެންމެންނަށް ސިޓީފުޅެއް ފޮނުއްވަން ފައްޓަވައިފި އެވެ.
ކޮންމެ މީހަކަށް ވަކިވަކިން ފަސްޓް ލޭޑީ ފޮނުއްވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ނަމަ، އެއީ ރައްޔިތުންގެ ޚިދުމަތުގައި އެކަމަނާ ދެމިހުންނެވުމަށް ލިބިވަޑައިގަންނަވާނެ ފުރުސަތެއް ކަމަށެވެ.
"ރާއްޖޭގައި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ފިރިކަލުން ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައި އެ ތާއީދު އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވައިފި ނަމަ އެއީ ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުރުމަށް ތިޔަ އާއިލާ އަށް ދެއްވޭނެ ވަރަށް ބޮޑު އެހީތެރިކަމެއް،" ސިޓީފުޅުގައި އެވެ.
ފަސްޓް ލޭޑީ ވަނީ، މީގެ ކުރިން ވެސް ރައީސް ޔާމީނަށް އާންމުން އެހީތެރިވެދީފައި ވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އަންނަނީ ކެމްޕެއިނުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން
ފަސްޓް ލޭޑީ ފާތުން ބ. އަތޮޅުގައި
ރައީސް ޔާމީންގެ ފަރާތްޕުޅުން މާލޭގެ ގެ ތަކަށް
"ޕީޕީއެމްގެ ރައީސް ކަމަށް ފަސްޓް ލޭޑީ ގެންނަން ޖެހޭ"
ރައީސް ޔާމީނަކީ ނަމޫނާއެއް، ތަރައްގީ އަށް ޝުކުރިއްޔާ
ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު:ސައީދު
ރައީސް ޔާމީން ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ: ތޯރިގް
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު
ރައީސްގެ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަނީ