އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމްޑީޕީ އަށް އަމާޒު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތައް އަމާޒުވަނީ އެމަނިކުފާނަށް ކަމަށާއި އިބޫއަކީ ސާފު ކެންޑިޑޭޓެއް ކަމަށް، އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖުލައި 2018
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމްޑީޕީ އަށް އަމާޒު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތައް އަމާޒުވަނީ އެމަނިކުފާނަށް ކަމަށާއި އިބޫއަކީ ސާފު ކެންޑިޑޭޓެއް ކަމަށް، އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އަރުވަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އިބޫ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި މި ފަހަރު ވެސް ރާވާފައި ހުރީ ކުރިން ވެސް އެ ޕާޓީގެ ވެރިކަމުގައި ކުރަން ރޭވި ކަންކަން ކަމަށް ވިދާޅުވި އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވީ އިބޫއަކީ އަމާނާތްތެރި، ވައްކަމުގެ އެއްވެސް ތުހުމަތެއް ނެތް ބޭފުޅެއް ކަމަށެވެ. އަދި އިބޫއަކީ އިސްލާމް ދީނާ ބެހޭ ގޮތުން ސުވާލު އުފައްދެވި ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަން ކުރީ ހަމައެކަނި އެ ޕާޓީގެ މެމްބަރުންނަށް ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އެމްޑީޕީން ކުރީ ހިތްހެޔޮ، އޯގާތެރި ވެރިކަމެއް ކަމަށެވެ. އެގޮތުން ދުވަސްވީ މީހުންނަށް ޕެންޝަނެއް ދޭން ފެށުމާއި އާސަންދައިގެ ނިޒާމު ތައާރަފްކުރީ އެ ޕާޓީން ކަން ވެސް ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ހުރިހާ އެންމެންނަށް ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވިސްނާފައި ހުރީ. އެތައް ޒަމާނަކުން ތަންތަން ހިއްކޭނެ ކަމަށް ބުނަނިކޮށް އެތައް ބައިވަރު ބިމެއް ހިއްކި،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ފްލެޓު އެޅިވަރުން ނަޝީދަށް އިދިކޮޅު ފަރާތްތަކުން މުހާތަބް ކުރީ "ފްލެޓު ދޮންބެ"ގެ ނަމުންނެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުގައި އެޅި ފްލެޓުތައް މިހާރުގެ ސަރުކާރުން ބަހާލިއިރު، އެ ބެހި ގޮތާ މެދު ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިބޫ އާއި އެމްޑީޕީން ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ކީއްވެތޯ ރައީސް ސުވާލުކުރެއްވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، މާރިޔާ ވިދާޅުވީ އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލި ކަމަށް ވިދާޅުވެ، ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެކަމަކު އެއާޕޯޓު ދިގު މުއްދަތަކަށް ކުއްޔަށް ދިނީ ދިވެހިންގެ ޖީބުން އެތައް ބައިވަރު ފައިސާއެއް ހަރަދުނުކޮށް އެއާޕޯޓު ތަރައްގީ ކުރެވޭނެ ގޮތެއް ހޯދަން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި އޮތް ސަބަބު ހާމަކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ އެކަމާ ބެހޭ ގޮތުން މާރިޔާ ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ވޭތުވެދިޔަ ހަތް އަހަރު ސަރުކާރުތައް ހިންގެވި އިރު، ކޮރަޕްޝަންގެ އަމަލެއް އެމްޑީޕީން ހިންގި ނަމަ، އެކަން ބެލީސް ކަމަށާއި އެކަން ނުކޮށް އޮތީ ކޮރަޕްޝަން ނެތީމަ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރަކީ "ސާފުކޮށް" އޮތް ސަރުކާރެކެވެ. މި ސަރުކާރުގައި ކޮރަޕްޝަން މައްސަލަ ހުރި ވާހަކަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތްކަން ރައީސް ޔާމީން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުތައް ހުންނަ ގޮތާއި ބަހާއި އަމަލު ދިމާނުވާ ވަރު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިދިކޮޅުގެ ވެރިކަން އޮންނާނީ ދޮޅު އަހަރަށް: ރައީސް
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
ޕީޕީއެމަށް 30،000، އިދިކޮޅަށް ފެނުނީ 3،000!
ރީތި ކެމްޕެއިނަކުން އިންތިޚާބު ކާމިޔާބުވާނެ: މާރިޔާ
65 އަހަރުގެ އިސްލާހާ މެދު އޮތީ ޚިޔާލު ތަފާތުވެފައި