Roadha Mihaaru
އެއާޕޯޓުގެ އާ ރެސްޓޯރަންޓުތައް އަންނަ މަހު ހުޅުވަނީ

ވެލާނާ އެއާޕޯޓުގެ ފްރެންޗައިސް ރެސްޓޯރަންޓުތައް އަންނަ މަހު ހުޅުވާނެ

31 ޖުލައި 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި އަލަށް ހަދާ ފްރެންޗައިސް ރެސްޓޯރަންޓުތައް އަންނަ މަހު ފަހުކޮޅު ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި އަލަށް ހަދާ ފްރެންޗައިސް ރެސްޓޯރަންޓުތައް އަންނަ މަހު ފަހުކޮޅު ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގެ ޑިޕާޗާ ހޯލް ގައި ހެދި "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އަލަށް ހަދާ ފްރެންޗައިސް ރެސްޓޯރަންޓުތަކުގެ މަސައްކަތް ނިމެން ކައިރި ވެފައިވާ ކަމަށެވެ. މިއީ އެއާޕޯޓުގައި ހުޅުވި ގްލޯރިއާ ޖީންސް ކޮފީގެ ފުރަތަމަ އައުޓްލެޓެވެ. އެ ތަނުގެ އައުޓްލެޓެއް މާލޭގެ ރަސްފަންނުގެ ޕެވިލިއަން ގައި ވެސް ވަނީ ހުޅުވައިފަ އެވެ.

އެ އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި އަލަށް ހެދި "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓް. ފޮޓޯ: ނިޝާން އަލީ /މިހާރު

އެ އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި އަލަށް ހެދި "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓް. ފޮޓޯ: ނިޝާން އަލީ /މިހާރު

"އެއާޕޯޓު ޑިވެލޮޕް ވެގެން އަންނައިރު، އަދި މިހާރު ވެސް ދޭ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންތައް އަޅުގަނޑުމެން ކުރަން. އޭގެ މާނަ އަކީ، ޑިވެލޮޕްމަންޓް ނިމުމުގެ ކުރިން ވެސް ޕެސެންޖަރުންނަށް ދޭ ހިދުމަތެއް ވެއްޖެއްޔާ އެ ކަންތައް ތަރައްގީކޮށް، ކުރިއަށް އެބަގެންދަން،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި، އިނގިރޭސި ވިލާތުގެ މަޝްހޫރު "ކޮސްޓާ ކޮފީ" އާއި ކޭއެފްސީ އާއި ޕިއްޒާ ހަޓާ އެކު ހުޅުވާ ފްރެންޗައިސް ރެސްޓޯރަންޓު ތަކުގައި މިހާރު ކުރަމުން އަންނަނީ ބަދިގެ އާއި އެތަނުގެ އިންޓީރިއާ ހެދުމުގެ މަސައްކަތްތައް ކަމަށެވެ.

އެ ތަނުގައި ފްރެންޗައިސް ރެސްޓޯރަންޓުތަކެއް ހުޅުވުމަށްޓަކައި އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު ސޮއިކުރީ މިދިޔަ ޖެނުއަރީ 29 ގަ އެވެ.

ވެލާނާ އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި، އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ހުޅުވަނީ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ.