Roadha Mihaaru
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ

ވެލާނާ އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ

18 ސެޕްޓެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް ބިލްޑިންގްގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މާދަމާ ހަވީރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް ބިލްޑިންގްގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މާދަމާ ހަވީރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ގާތްގަނޑަކަށް 200 މީހުންގެ ޖާގަ ހިމެނޭ ފްރެންޗައިސް ރެސްޓޯރަންޓް ބިލްޑިންގްގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އިތުރުން އިނގިރޭސި ވިލާތުގެ މަޝްހޫރު ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ވެސް ހުޅުވާނެ އެވެ. އެތަނުގައި އެ ބްރޭންޑްތަކުގެ ރެސްޓޯރަންޓްތައް ހުޅުވަން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު އެމްއޭސީއެލް އިން ސޮއިކުރީ މިދިޔަ ޖެނުއަރީ 29 ގަ އެވެ.

އެޗްއެމްއެސް ހޮސްޓަކީ އެކި ގައުމުތަކުގެ އެއާޕޯޓްތަކާއި ހައިވޭތަކުގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދިނުމުގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކުންފުންޏެކެވެ. އެގޮތުން ދުނިޔޭގެ 150 އެއާޕޯޓެއްގައި އެ ކުންފުނިން އަންނަނީ ކެފޭ، ރެސްޓޯރަންޓް ހިންގަމުންނެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ މިވަގުތު ހަތަރު ފްރެންޗައިސް ބްރޭންޑާއެކު އެ ބިލްޑިންގް ހުޅުވި ނަމަވެސް ފަހުން އެތަނުގައި މެލޭޝިއާގެ މަޝްހޫރު ސީކްރެޓް ރެސިޕީގެ ރެސްޓޯރަންޓެއް ވެސް ހުޅުވާ ގޮތަށް ހަަޖައްސާފައިވާ ކަމަށެވެ.

އެ އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި، އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ހުޅުވަނީ ދެ ބުރިއަށް ހަދާފައިވާ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ. އެ އިމާރާތުގެ ތިރީގައި މާލެއާ ދެމެދު ދަތުރު ފެރީތަކަށް ހާއްސަ ޖެޓީތަކެއް ވެސް ހަދާފައިވެ އެވެ. ނަމަވެސް އެ ޖެޓީތައް ބޭނުންކުރަން ފަށާނެ ދުވަހެއް އެމްއޭސީއެލް އިން ނުބުނެ އެވެ.

އެއާޕޯޓުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވާއިރު މާލޭގައި ވެސް ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓްތަކެއް ލަންކާގެ ކުންފުންޏަކާ ދިވެހި ކުންފުންޏެއް ގުޅިގެން ދާދިފަހުން ހުޅުވާފައިވެ އެވެ.