Roadha Mihaaru
ޒުވާނުންނަށް ޚާއްސަ ދެ ފައިނޭންސް ސްކީމެއް

ޒުވާނުންނަށް ޚާއްސަ ދެ ފައިނޭންސް ސްކީމެއް ތައާރަފުކޮށްފި

05 އޯގަސްޓް 2018

ޒުވާނުންނަށް ޚާއްސަ ކޮށްގެން 80 މިލިއަން ރުފިޔާ އަށް ވުރެ ފައިސާ ދޫކުރާ ފައިނޭންސް ސްކީމެއް، އިކޮނޮމިކް މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާނުންނަށް ޚާއްސަ ކޮށްގެން 80 މިލިއަން ރުފިޔާ އަށް ވުރެ ފައިސާ ދޫކުރާ ފައިނޭންސް ސްކީމެއް، އިކޮނޮމިކް މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިފުތިތާހުކޮށް ދެއްވި އެ ދެ ސްކީމަކީ "ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް" ސްކީމެވެ.

މި ދެ ސްކީމް ކުރިއަށް ގެންދަނީ އިސްލާމިކް ފައިނޭންސްގެ އުސޫލުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ގޮތްޕާއި އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.

"ފަސޭހަ މަދަދު ފޭސް 2" އަކީ 74 މިލިއަނަށް ވުރެ ބޮޑު ފަންޑަކާ އެކު ހިންގާ ސްކީމެކެވެ. މި ސްކީމް، ތަފާތު ހަ ދާއިރާ އަކަށް ހާއްސަ ކޮށްފައިވާއިރު، އޭގެ ތެރޭގައި ގަރާޖު އަދި މެކޭނިކަލް ވޯކްޝޮޕްތަކާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު ކުރުމާއި ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން ފަދަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެ އެވެ.

"އިނޮވޭޓިވް ފައިނޭންސް" ސްކީމް ޚާއްސަ ކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާ ހައުސްތަކަށް ބޭނުންވާ ތަފާތު އުފެއްދުންތަކާއި ސާމާނު ހޯދުމަށެވެ. މިއީ، ހަތް މިލިއަން ރުފިޔާގެ ސްކީމެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޓްވީޓެއް.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުމުރުން 18 އަހަރުން މަތީ ކޮންމެ މީހަކަށް ވެސް އެ ސްކީމްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ފައިސާ ދޫކުރާ ގޮތަށް ހަމަޖައްސާފައި ވަނީ، ހުށަހަޅާ ޕްރޮޕޯސަލްތައް އެކަމަށް ޚާއްސަ ކޮމެޓީއަކުން އިވެލުއޭޓް ކުރުމަށް ފަހު އެވެ.

ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ އަށް އެދުމުގެ ފޯމު ވެސް އެ މުއްދަތުގެ ނިޔަލަށް ބަލައިގަންނާނެ އެވެ.