Roadha Mihaaru
އައްޑޫގައި ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު

އައްޑޫގައި މި ސަރުކާރުން ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު

21 އޯގަސްޓް 2021

އައްޑޫގައި މި ސަރުކާރުން އިސް ނަގައިގެން ގިނަ މަޝްރޫއުތަކެއް ހިންގާ ކަމަށް ބުންޏަސް ޕީޕީއެމް/ޕީއެންސީން މިހާރު އެ ސިޓީ އަށް ކުރާ ދަތުރުގައި އެ މަޝްރޫއުތަކެއް ފެނިވަޑައިނުގެންނެވި ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫގައި މި ސަރުކާރުން އިސް ނަގައިގެން ގިނަ މަޝްރޫއުތަކެއް ހިންގާ ކަމަށް ބުންޏަސް ޕީޕީއެމް/ޕީއެންސީން މިހާރު އެ ސިޓީ އަށް ކުރާ ދަތުރުގައި އެ މަޝްރޫއުތަކެއް ފެނިވަޑައިނުގެންނެވި ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި 200 މިލިއަން ޑޮލަރުގެ މުހިންމު މަޝްރޫއުތަކެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން މުހިންމު މަޝްރޫއުތަކެއް ހިންގަން ނިންމާފައި ވަނީ އިންޑިއާގެ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު އައްޑު އަށް މިހާރު ކުރާ ދަތުރުގެ ތެރެއިން އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން މިހާރު އައްޑު އަށް މިހާރު ކުރާ ދަތުރުގެ ތެރެއިން އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނަށް މެމްބަރުން އިތުރުކުރުމަށް އައްޑު އަށް މިހާރު ވަޑއިގެން އުޅުއްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ސިޓީގައި ހިންގާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، 60 މަޝްރޫއު ފެނޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އައްޑު އަށް ވައުދުވި ކަންކަމާއި އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަން ފެނިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"40 ބިލިއަން ބަޖެޓުގައި އައްޑޫ އަށް ވައުދުވި ކަންކަމާއި އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަނެއް ނުފެނުނު. ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ނެތް،" ސައީދު ވިދާޅުވި އެވެ.

ސައީދުގެ ޓުވީޓް

އައްޑޫގެ އިތުރުން ގދ. ގައި ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުން ގެންދެ އެވެ. އެ ދެ ޓީމުގެ މަސައްކަތުން އެ ދެ ސަރަހައްދުން ގިނަ ބަޔަކު އިދިކޮޅާ ގުޅިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމާއި އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ބޮޑު ސަރަހަައްދެއް އެކި ބޭނުންތަކަށް ހިއްކުން ހިމެނެ އެވެ.

އަދި ގްރާންޓް ޕްރޮޖެކްޓްތަކުގެ ދަށުން މަސް ޕްލާންޓްތައް ހެދުމާއި އިކޯ ޓޫރިޒަމް ޒޯނަކާއި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ. ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފި އެވެ.

އައްޑު އަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ވިދާޅުވީ، މި ސަރުކާރުން އަތޮޅު ތެރެއަށް ވި ވައުދުތައް އެއްވެސް ވަރަކަށް ނުފުއްދާ ކަމަށެވެ. އަދި ކުރީގެ ރއީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއާ އަޅައި ކިޔައި، ރައްޔިތުން އެ މަނިކުފާނުގެ ފިކުރަށް ބަދަލުވަަމުންދާ ކަމަށް ބުނެފައިވެ އެވެ.