Roadha Mihaaru
ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަނީ، ސަމާލުވޭ!

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށާތީ ރައްކާތެރިވުމަށް ސަމާލުވާން އެދިއްޖެ

06 އޯގަސްޓް 2018

މާލެ-ހުޅުލޭ ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހު ކަންތައް ހިނގަމުންދާ ވަގުތު ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.

މާލެ-ހުޅުލޭ ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހު ކަންތައް ހިނގަމުންދާ ވަގުތު ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ، މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލުން ފެށިގެން މަގުތަކުގައި ތާރު އެޅުމަށްޓަކައި މިހާރު ބިންގަނޑު ހަރުކޮށްފައިވާއިރު، އޭގެ ކުރިން އެ ތަނަށް މިރޭ ކެމިކަލް ސްޕްރޭ ކުރަން ވަނީ ނިންމައިފައި ކަމަށެވެ.

"އެ ވަގުތު ފާޑެއްގެ ވަހެއް ވެސް ދުވާނެ. ކެއުންބުއިމުގެ ޚިދުމަތް ދޭ ބައެއް ތަންތަން އެ ސަރަހައްދު ގައި އެބަހުރި. އެހެންވީމާ، އެ ސްޕްރޭ ޖަހާ ވަގުތު ވަރަށް ބޮޑަށް ސަމާލުވުމަށް އަޅުގަނޑުމެން އެދެން،" ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވި އެވެ.

"ތާރު އަޅަމުންދާ ވަގުތު އާންމުންނަށް ކުރިމަތިވެދާނެ ދައްޗަކަށް އަޅުގަނޑުމެން ނިހާޔަތަށް މާފަށް އެދެން. އެކަމަކު، މިހާތަނަށް ވެސް ލިބެމުން އައި އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރަން."

ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމަށެވެ. އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމަށްޓަކައި އެ ސަރަހައްދު ވެހިކަލްތަކާއި އާންމުންނަށް ބަންދުކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއު ގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.

މާލެ-ހުޅުލެ ބްރިޖު މި މަހު ހުޅުވާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.