Roadha Mihaaru
ސައުދީން އިތުރު 1،000 ހައްޖު ކޯޓާ ރާއްޖެއަށް ދީފި

ހައްޖަށް މީހުން ގެންދަން އިތުރު 1،000 ކޯޓާ ސައޫދީން ރާއްޖެ އަށް ދީފި

07 އޯގަސްޓް 2018

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިތުރު 1،000 ކޯޓާ ސައުދީ އަރަބިއާ އިން ދީފައިވާ ކަން ރައީސް އަބްދުﷲ ޔާމީން މިއަދު އިއުލާން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިތުރު 1،000 ކޯޓާ ސައުދީ އަރަބިއާ އިން ދީފައިވާ ކަން ރައީސް އަބްދުﷲ ޔާމީން މިއަދު އިއުލާން ކުރައްވައިފި އެވެ.

ގއ. އާއި ގދ. އަތޮޅުގެ ބައެއް ރަށްތައް ރައީސް ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސައުދީއާ އެކު ރާއްޖެ އިން އޮތް ގުޅުން ވަރުގަދަވުމުގެ ސަބަބުން، މީހުން ހައްޖަށް ގެންދިއުމަށް އިތުރު 1،000 ކޯޓާ ލިބިފައިވާ ކަމަށެވެ. އެ ކޯޓާގެ ދަށުން މި އަހަރު މީހުންނަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުން މިހާރު ވަނީ ހައްޖަށް ފުރަން ފަށައިފަ އެވެ. މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އިތުރު ހަތަރު ގްރޫޕަކަށެވެ. ރާއްޖެ އަށް ކުރިން ދީފައި އޮންނަނީ 1،000 މީހުންގެ ކޯޓާ އެކެވެ.