08 އޯގަސްޓް 2018
މި މަހު 18 ގައި އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސް އަށް ފޮނުވަން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދާ އެކު އެތުލެޓިކްސް އެސޯސިއޭޝަނުން ހަތަރު ދުވުންތެރިންގެ ޓީމެއް ފައިނަލްކޮށްފި އެވެ.
މި މަހު 18 ގައި އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސް އަށް ފޮނުވަން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދާ އެކު އެތުލެޓިކްސް އެސޯސިއޭޝަނުން ހަތަރު ދުވުންތެރިންގެ ޓީމެއް ފައިނަލްކޮށްފި އެވެ.
ޓީމުގައި ހިމެނެނީ ސާއިދުގެ އިތުރުން މެރެތަން ދުވުންތެރިއާ މުހައްމަދު ޝިފާޒާއި ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ އައިމިނަތު ޖާއިޝާ ޖުނީޒާއި އައިޝަތު ހިމްނާ ހަސަން އެވެ.
މެރެތަން ދުވުންތެރިއާ ޝިފާޒް.
ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އެ ދެ އިވެންޓުން ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދި ސާއިދު ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސާއިދު ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގްރޯން ޕްރީގައި 100 މީޓަރު ދުވުމުން ލޯ މެޑަލް އަދި އެ އިވެންޓުން އޭޝިއަން އެތުޓިކްސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.
ދެން ހިމެނޭ ފިރިހެން ދުވުންތެރިއާ ޝިފާޒަކީ 1992 ވަނަ އަހަރުގެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ މެރެތަން ދުވުންތެރިއާ އެވެ. އޭނާ ވަނީ ރާއްޖޭގޭ މެރެތަން ރެކޯޑް ތިން ފަހަރު އާކޮށްފަ އެވެ. މީގެ އިތުރުން ހާފް މެރެތަން ރެކޯޑް ވެސް އޮވެ އެވެ.
އައިމިނަތު ޖާއިޝާ ޖުނީޒް.
އަންހެން ދުވުންތެރިއާ ހިމްނާ ވާދަކުރާނީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 400 މީޓަރު ދުވުމުން ރާއްޖޭގެ ޔޫތު ރެކޯޑް ހަދައިފަ އެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 400 މީޓަރު ދުވުމުގެ އަންހެން ރެކޯޑް ހެދިއިރު ޔޫތު އޮލިމްޕިކްސްގެ ކޮލިފައިންގައި އެ ރެކޯޑް އާކުރި އެވެ.
އައިޝަތު ހިމްނާ ހަސަން.
ޖާއިޝާ ވާދަކުރަނީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ދުވެފަ އެވެ. އަދި މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އެ ދެ އިވެންޓުން ޕާސަނަލް ރެކޯޑް ވެސް ވަނީ ހަދައިފަ އެވެ.
ރާއްޖޭގެ ޓީމުގެ ސްޕްރިންޓް އިވެންޓްތަކުގެ ކޯޗަކީ އަހުމަދު ފާއިލެވެ. މިޑްލް ޑިސްޓެންޓް ކޯޗަކީ އަހުމަދު ނިޒާމެވެ. މެނޭޖަރަކީ ކުރީގެ ދުވުންތެރިއާ އިބްރާހިމް އުމަރު (ވިއްސަ) އެވެ.
26 އަހަރަށް ފަހު މެރެތަނަކަށް އެތުލީޓެއް ފޮނުވަނީ
ރައީސް ހޫނު މަރުހަބާއަކާ އެކު ދެއްވީ ޔަގީންކަން
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި
ރަން މެޑެއްޔާ އެކު އަސްކަރީ ހިދުމަތުން ސަލާމަތްވެއްޖެ