Roadha Mihaaru
ރައީސް ޔާމީންގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި

09 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެންމެ ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެންމެ ހުށަހަޅުއްވައިފި އެވެ.

އެ ދެބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނާ ހަވާލު ކޮށްދެއްވީ، އެ ކޮމިޝަން ގައި ބޭއްވި ރަސްމިއްޔާތެއް ގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ރައީސް ޔާމީނާއި ޝަހީމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހެޅުއްވިއިރު، ރައީސް ޔާމީން މިވަގުތު އުޅުއްވަނީ ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. ރައީސް، މިއަދު ހެނދުނު ހުންނެވީ ކޫއްޑޫގަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކެންޑިޑެސީ ބަލައިގަތުމާ މެދު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ޑރ. ޝަހީމް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ޑރ. ޝަހީމް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީނަކީ، މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ތިން ވަނަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ހުށަހެޅުއްވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ފޯމްގެ ފޯމެވެ.

އޭގެ ފަހުން، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ދަފްތަރު ނަމްބަރު 6562، ހުސައިން ނަސީރާއި އޭނާގެ ރަނިންމޭޓް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާގެ ނަން އީސީ އަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އީސީން އަދި ގޮތެއް ނުނިންމަ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވެސް ވަނީ ނިންމަވައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމް އަދި ހުށަހަޅުއްވައިފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން ފާސްކުރީ، މީގެ ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި މެމްބަރުންގެ އިއްތިފާގުންނެވެ. މީގެ ކުރިން، 2013 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ރައީސް ޔާމީނަށް ލިބިވަޑައިގަތީ ޕްރައިމަރީގައި އުމަރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ޕީޕީއެމުން ބުނި ގޮތުގައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާ ހަވާލާދީ ޕީޕީއެމުން ބުނީ އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ.

އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭ ނަމަ އެކަން ކުރަން ޖެހޭނީ ޕީޕީއެމްގެ ކޮންގްރެސްއެއްގައި ކަމަށާއި ކައުންސިލަށް އެގޮތަށް ޓިކެޓް ނުދެވޭނެ ކަމަށް، ޕީޕީއެމްގައި ކުރިން މަސައްކަތްކުރި މީހުން ބުނެ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އީސީން ހަމަޖައްސާފައިވާ ގޮތުން، މާދަމާ އެވެ.