12 އޯގަސްޓް 2018
މެޑްރިޑް (އޮގަސްޓް 12) - ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އުުމުރުން 31 އަހަރުގައި ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
މެޑްރިޑް (އޮގަސްޓް 12) - ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އުުމުރުން 31 އަހަރުގައި ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ސްޕެއިނަށް 2009 އިން ފެށިގެން މި އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް 102 މެޗު އޭނާ ވަނީ ކުޅެދީފަ އެވެ. އޭނާ ނިސްބަތުން ޒުވާން އުމުރެއްގައި ސްޕެއިނަށް ކުޅުން ހުއްޓާލީ ބެލެވޭ ގޮތުގައި، ކަޓަލޫނިއާ ސަރަހައްދުގައި މިނިވަން ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް ތާއީދުކުރާތީ މެޑްރިޑުން ކުރިމަތިވާ ފާޑުކިއުންތަކެވެ.
އެކަމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕީކޭ ހިޔާލުފާޅުކުރުމާ ގުޅިގެން އޭނާ އަށް ސްޕެއިންގެ ގިނަ ސަޕޯޓަރުންގެ ފާޑުކިޔުން މީގެ ކުރިން ވެސް ވަނީ އަމާޒުވެފަ އެވެ. ޕީކޭ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 2016 ވަނަ އަހަރު އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފާޑުކިޔުންތައް ކުރިމަތިވުމުން، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފަ އެވެ.
ޕީކޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ސްޕެއިން ކޯޗަކަށް ދާދި ފަހުން ވަނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފަ އެވެ.
"އަހަރެން އެންރީކޭއާ ވާހަކަ ދެއްކިން. އަހަރެން އޭނާ ގާތުގައި ބުނިން މި ނިންމުމަކީ ވަރަށް ރަނގަޅަށް ވިސްނާފައި ވަރަށް ކުރިން ނަގާފައި އޮތް ނިންމުމެއްކަމަށް،" ޕީކޭ ބުންޏެވެ.
ޕީކޭ ބުނީ ގައުމީ ޓީމާ ދުރަށްދާން ޖެހޭ ވަގުތާއި މި ހާލަތުގައި ކަންތައްތައް ވަމުންދާ ގޮތް ތަފާތު ނަމަވެސް ގައުމީ ޓީމުގައި އޭނާ ހޭދަކުރި ކާމިޔާބު ދުވަސްތައް މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.
"ގައުމީ ޓީމާ އެކު ހޭދަކުރި ވަރަށް ހިތްގައިމު ވަގުތުތަކެއް ވެސް ދިޔަ. އަހަންނަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބު ވެސް ކުރެވުނު. މިހާރު އަހަރެންގެ އަމާޒަކީ ހަމައެކަނި ބާސެލޯނާ،" ޕީކޭ ބުންޏެވެ.
ބާސެލޯނާގެ ޔޫތު ޓީމުން ކެރިއަރު ފެށި ޕީކޭ ވަނީ ޒުވާން އުމުރުގައި 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ޕީކޭ ވަނީ ސްޕެއިނުގެ ރެއާލް ޒަރަގޯޒާ އަށް ލޯން އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ކުޅެފަ އެވެ. ޔުނައިޓެޑުގައި ޕީކޭ ހޯދަމުން އައި ކުރިއެރުން ފާހަގަވެ ބާސެލޯނާ އިން އޭނާ ގަތީ 2008 ވަނަ އަހަރެވެ.
ޔަމާލް މުގުރާލި ޕެލޭގެ ރެކޯޑާއި ހައިރާންކޮށްލި ގޯލު!
އަނިޔާވެ ޕެޑްރީއަށް ޔޫރޯ ނިމިއްޖެ، ބާސާއަށް ފައިސާދޭނެ
ސްޕޭނަށް ގަވީ ދެން ކުޅޭނީ މާޗް 2025 ގެ ފަހުން
ޔަމާލް، 16 އަހަރުގައި ޔޫރަޕް ފުޓްބޯޅައިގެ ރެކޯޑެއް
ބާސާގެ ޑިފެންޑަރު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ
ބާސާ އަށް ހަމަޖެހުމެއް އަތުވެއްޖެ: ޒަވީ
ޓީވީ ޝޯތަކުގައި ބައިވެރިނުވާން ޕީކޭއަށް ޒަވީ އަންގައިފި
ރެއާލް-ބާސާގެ ނުފޫޒު ސްޕޭނުން ކަނޑުވާލައިފި
ޕީކޭ އަށް ސީޒަން ނިމުމުގެ ބިރު ބޮޑު
ފާޓީ އެނބުރި ދަނޑަށް އަންނާނީ ހަތަރު މަސް ފަހުން