Roadha Mihaaru
ސްޕޭނަށް ގަވީ ދެން ކުޅޭނީ މާޗް 2025 ގެ ފަހުން

ސްޕޭންގެ ޓީމަށް ގަވީ ދެން ކުޅޭނީ މާޗް 2025 ގެ ފަހުން

22 ނޮވެމްބަރ 2023

ބާސެލޯނާ (ނޮވެމްބަރު 22) - ސްޕޭންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ގަވީ ޕަބެލޯ އަށް ގައުމީ ޓީމުން ދެން ފުރުސަތު ދޭނީ މާޗް 2025 ގެ ފަހުން ކަމަށް އެ ގައުމުގެ އެފްއޭއިން ބުނެފި އެވެ.

ބާސެލޯނާ (ނޮވެމްބަރު 22) - ސްޕޭންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ގަވީ ޕަބެލޯ އަށް ގައުމީ ޓީމުން ދެން ފުރުސަތު ދޭނީ މާޗް 2025 ގެ ފަހުން ކަމަށް އެ ގައުމުގެ އެފްއޭއިން ބުނެފި އެވެ.

ޔޫރޯ ކޮލިފައިންގައި ސްޕޭންގެ ގައުމީ ޓީމަށް ކުޅެނިކޮށް ގަވީގެ ކަކުލަށް ވަނީ ބޮޑު އަނިޔާއެއް ވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ޖޯޖިއާ ދެކޮޅަށް ސްޕޭން ކުޅުނު މެޗުގައި ގަވީ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފައިވާކަމަށް ގައުމީ ޓީމުގެ މެޑިކަލް ޓީމުން ބުންޏެވެ.

އަންނަ އަންގާރަ ދުވަހު ބާސެލޯނާގެ ސްޓޭޓް ހޮސްޕިޓަލުގައި އޭމާ ކަކުލުގެ އޮޕަރޭޝަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އޮޕަރޭޝަނަށް ފަހު ރިކަވަރީގައި 10 މަސް ގަވީ ހޭދަކުރަން ޖެހޭނެ އެވެ. އަލުން ވާދަވެރި މެޗަކަށް ނުކުންނަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

އެއް އަހަރުތެރޭ އަލުން ކުޅެން ނުކުމެވޭވަރު ވިޔަސް އިތުރު މުއްދަތެއް ގަވީ އަށް ދިނުމަށް ސްޕޭންގެ އެފްއޭއިން ވަނީ ނިންމައިފަ އެވެ. އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ދޭނީ މާޗް 2025 ގެ ފަހުންނެވެ. އެކަމުގައި ބާސެލޯނާ އާ އެކު ސްޕޭންގެ އެފްއޭއިން ގުޅިގެން ހާލަތު ބަލާނެ އެވެ.

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި އޮލިމްޕިކް ގޭމްސް ވެސް ގަވީ އަށް ގެއްލޭނެ އެވެ. އޭނާ އަށް އަލުން ގައުމީ ޓީމަށް ކުޅެން ނުކުންނާނީ އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި 2026 ގެ ވޯލްޑް ކަޕް ކޮލިފައިން ފަށާ ފަހުންނެވެ.

އުމުރުން 19 އަހަރުގެ ގަވީ ވަނީ، އެ އުމުރުގައި ލިއޮނެލް މެސީ ކުޅުނު މެޗުތަކަށް ވުރެ ގިނަ އަދަދަކަށް މެޗު ކުޅެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ގަވީ އަށް އަނިޔާވި އިރު އޭނާގެ އުމުރަކީ 19 އަހަރާއި ތިން މަސް އަދި 14 ދުވަހެވެ. އެ އުމުރުގައި މެސީ ކުޅުނީ 62 މެޗުގަ އެވެ. ގަވީ ވަނީ މެސީ އަށް ވުރެ ތިން ގުނަ އިތުރަށް މެޗު ކުޅެފަ އެވެ. އޭނާ ވަނީ 148 މެޗުގައި ކުޅެފަ އެވެ.