Roadha Mihaaru
ހުޅުމާލޭގައި ތަރައްގީ ކުރަން އިތުރު ކަމެއް ނެތް:ސައީދު

ހުޅުމާލޭގައި ތަރައްގީ ކުރާކަށް އިތުރު ކަމެއް ނެތް: ސައީދު

18 އޯގަސްޓް 2018

ހުޅުމާލޭގައި ތަރައްގީ ކުރުމަށް އިތުރު ކަމެއް ނޯންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެ އަވަށް ތަރައްގީކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ތަރައްގީ ކުރުމަށް އިތުރު ކަމެއް ނޯންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެ އަވަށް ތަރައްގީކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ރައްދު ދެއްވައިފި އެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި ރޭ ބޭއްވި ބާބެކިއުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އިބޫ ވަނީ ހުޅުމާލެ އަކީ އިތުރަށް ތަރައްގީ ކުރެވިދާނެ އަވަށެއް ކަމަށް ވިދާޅުވެ، ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އެ ޕްލޭނާ ގުޅޭ ތަފްސީލެއް އޭނާ ރޭ ނުދެއްވަ އެވެ.

"އިބޫ އަށް އެ އުޅެނީ ރައީސް ޔާމީންގެ ތަރައްގީ އިން ނެއްޓެން އެނގިވަޑައިނުގެން. އިބޫ އާއީ ރައީސް ނަޝީދު ގުޅިގެން ގެނެވޭނެ ތަރައްގީއެއް ނެތް. ޖަޒީރާ މެނިފެސްޓޯގައި ހުޅުމާލެ ވާހަކަ ނުވެސް ނެތް. އަދި ބުރަދަނެއް ވެސް ނެތް،" ---ސައީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓްތަކެއް.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓްތަކެއް.

އިބޫގެ އެ ވާހަކައާ ގުޅިގެން، ހުޅުމާލޭގެ ތަރައްގީ ކުރުމުގެ ކަންކަން ކެބިނެޓުގެ ފަރާތުން އިސްވެ ބެއްލެވުމަށް ރައީސް ޔާމީން ކަނޑައަޅުއްވާފައި ހުންނަވާ މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ސަރުކާރުން ހިންގަމުން އަންނަ ހިޔާ މަޝްރޫއު ނިމި، ވިޔަފާރި އާއި ގެދޮރުވެރިކަމުގެ މަސައްކަތް ނިމޭއިރު، އިބޫ ހުޅުމާލޭގައި ކުރައްވަން އިތުރު ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ ކުރިއަށް ތިން ފިޔަވަޅު އަޅުއްވައި، ދާދި ފަހުން "ވިލިމާލެ-2" މަޝްރޫއު އިއުލާން ކުރައްވާފައި ކަން ސައީދު ފާހަގަ ކުރެއްވި އެވެ.

ސައީދު ރޭ ކުރެއްވި ޓުވީޓު.

މި އަހަރު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސައީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ހުޅުމާލޭގައި ފެއްޓެވި 7000 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އެ މަސައްކަތް "މަސްހުނި" ފިކުރުގެ މީހުންނަށް ނުހިންގެނީ ކޯލިޝަންގައި ހިމެނޭ ތަފާތު ރަހަތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން.---ފޮޓޯ: ރައީސް އޮފީސް

ހދ. ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން.---ފޮޓޯ: ރައީސް އޮފީސް

"އެމްޑީޕީ/ޖޭޕީގެ ނަތީޖާ އަކީ ހިމެނޭ ތިން މީހެއްގެ އަމިއްލަ މަސްލަހަތު. މިއަކަށް ޖަވާބެއް ނުދެއްވޭނެ،" ޓުވިޓާގައި އިބޫ ޓެގް ކުރައްވައި ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ އެކު، ކެމްޕެއިން ދަތުރެއްގައި ބ. އަތޮޅުގައި އުޅުއްވަމުން ސައީދު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން، ހުޅުމާލޭގެ ދެވަނަ ފިޔަވަހި އެންމެ ހަތް ހަފުތާގައި ހިއްކައި، ހިއްކި ސަރަހައްދު ވަށައިގެން ތޮށިލައި، މަގުތައް ހަދައި ދިވެހި ތާރީޚު ނުދެކޭ އަދަދަށް އިމާރަތް ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އެމްޑީޕީ ކޯލިޝަން ޕާޓްނަރުންގެ ތަންތަން ތަރައްގީ ކުރުމުގެ ނަމުގައި ބިން ނަގައި، އެ ތަންތަން ތަރައްގީ ނުކޮށް ހުރި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އިބޫ އަށް އެ އުޅެނީ ރައީސް ޔާމީންގެ ތަރައްގީން ނެއްޓެން އެނގިވަޑައިނުގެން. އިބޫ އާއީ ރައީސް ނަޝީދު ގުޅިގެން ގެނެވޭނެ ތަރައްގީއެއް ނެތް. ޖަޒީރާ މެނިފެސްޓޯގައި ހުޅުމާލެ ވާހަކަ ނުވެސް ނެތް. އަދި ބުރަދަނެއް ވެސް ނެތް،" އިބޫ އަށް ރައްދު ދެއްވައި ސައީދު ވިދާޅުވި އެވެ.

"25 ބުރީގެ 16 ޓަވަރު ފެންނައިރު، އެމްޑީޕީ ކޯލިޝަން ހައިރާންވާނެ،" ---ސައީދު

މިހާރު އޮތް ސަރުކާރުން، މަޝްރޫއުތައް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ ކަމާއި އިދިކޮޅު ވެރިކަމެއްގައި މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި ކަމަށް އިބޫ ވިދާޅުވުމާ ގުޅިގެން އެއަށްވެސް ސައީދު ރައްދު ދެއްވި އެވެ. ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ފަންޑު ކުރަނީ ކޮރަޕްޝަންގެ ފައިސާ އިންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓްތަކެއް.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓްތަކެއް.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މަޑު ދުވެއްޔެއްގައި ހިނގަމުންދާ ކަމަށް އިބޫ ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައި، ސައީދު ވިދާޅުވީ ވޭތުވެދިޔަ 40 އަހަރުން ހަތަރު ނަރުދަމާ ނޭޅުނު ބަޔަކަށް ސްޕީޑް ބާރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ހުޅުމާލޭގައި މި ސަރުކާރުން ފަށާފައިވާ ހައުސިން މަޝްރޫއުތައް ކުރިއަށް ދަނީ ޝެޑިއުލަށް ވުރެ ވެސް އަވަހަށް ކަމަށް ސައީދު ވިދާޅުވި އެވެ.

"25 ބުރީގެ 16 ޓަވަރު ފެންނައިރު، އެމްޑީޕީ ކޯލިޝަން ހައިރާންވާނެ،" ސައީދު ވިދާޅުވި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި މަޝްރޫއުތައް ފަށާފައި ހުއްޓަސް، އެކަންކަން ހަލުވި ދުވެއްޔެއްގައި ކުރިއަކަށް ނުދެ އެވެ. ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުތައް، މިހާރަށް ވުރެ، ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ގޮތް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.