Roadha Mihaaru
ސްޕެގެޓީ ބިންދާނެ ގޮތް ވެސް ދިރާސާކޮށްފި

ސްޕެގެޓީ ބިންދާނެ ގޮތް ވެސް ދިރާސާކޮށްފި

20 އޯގަސްޓް 2018

ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނެ ގޮތެއް ނުހޯދިގެން އުޅޭއިރު، އެންމެ ރަނގަޅަށް ސްޕެގެޓީ ބިންދާލެވޭނެ ގޮތެއް ހޯދަން ސައިންސްވެރިން ވަގުތު ހޭދަކޮށްފާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އެކަމަކު ސައިންސްވެރިން މިކަން މިއޮތީ ދިރާސާކޮށްފަ އެވެ.

ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނެ ގޮތެއް ނުހޯދިގެން އުޅޭއިރު، އެންމެ ރަނގަޅަށް ސްޕެގެޓީ ބިންދާލެވޭނެ ގޮތެއް ހޯދަން ސައިންސްވެރިން ވަގުތު ހޭދަކޮށްފާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އެކަމަކު ސައިންސްވެރިން މިކަން މިއޮތީ ދިރާސާކޮށްފަ އެވެ.

ސްޕެގެޓީ ކެއްކުން ތަޖުރިބާކޮށްފައިވާ މީހެއް ނަމަ، މަޑުކުރަން ތެއްޔަށް ސްޕެގެޓީ އަޅާއިރު ސްޕެގެޓީ ދަނޑިތައް މެދުން ބިންދާލަން އުނދަގޫ ކަމާއި އެންމެ ހެޔޮވަރު ދިގުމިނަކީ ކޮބައިކަމާ މެދު ވިސްނަންޖެހޭ ވަރު އެނގޭނެ އެވެ.

ސްޕެގެޓީ ހުރިގޮތަށް، ބިންދާނުލައި ތެއްޔަށް ލައިފި ނަމަ މި ހުންނަ އާދައިގެ ސައިޒުގެ ތެލީގެ ތެރެއަށް އެ އެއްކޮށް ނުގެނބެ އެވެ. އެކަމަކު އެހެންނޭ ކިޔާފައި ކުދިކުދި އެތިކޮޅުކޮޅަށް ހުންނަ ވަރަށް ސްޕެގެޓީ ބުރިކުރީމާ ވެސް ކަމަކު ނުދެ އެވެ. އޭރުން އޭގައި ސްޕެގެޓީގެ އަސަރެއް ނުހުރެ އެވެ.

އެހެންވެ މިކަމާ ބެހޭ ގޮތުން ކުރި ދިރާސާއެއް ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި ޝާއިއުކޮށްފައިވެ އެވެ.

މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދެ ސައިންސްވެރިޔަކު ކުރި ދިރާސާގައި ބުނި ގޮތުގައި ސްޕެގެޓީ ދަނޑިއެއްގެ ދެ ކޮޅުގައި ހިފައި ލަންބާލައިިފި ނަމަ އެންމެ އެކަށީގެންވަނީ، ކުރިން ވެސް ކިޔައި އުޅޭ ގޮތަށް، ތިން ބުރިއަށް ބިނދުމެވެ. މިހެން ވަނީ ސްޕެގެޓީގެ ސައިޒާއި އޭގެ ޒާތުން، އެގޮތަށް ދެކޮޅުން ލަންބާލުމުން ވާންވެގެންދާ ގޮތުންނެވެ.

މި މައްސަލަ އަށް ހައްލެއް ކަމަށް ސައިންސްވެރިން ބުނީ ބިންދާލަން ލަންބާލާއިރު ސްޕެގެޓީތައް ދަަޅައެނބުރޭ ގޮތަށް، ދެ އަތުން، ދެ އަތަށް ބާރުލުމެވެ. މިގޮތުން 270 ޑިގްރީއަށް ދަޅައަނބުރާލުމުން ސީދާ މެދުން، ނުވަތަ އެންމެ ހެޔޮވަރު ސައިޒަށް ބިނދޭނެ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެކަމަކު ރިޕޯޓްގައި ބުނެފައި ވަނީ މިއީ ހަމައެކަނި ސްޕެގެޓީއާ ހިސާބުން ނިމޭ، އަދި ހަމައެކަނި ސްޕެގެޓީއަށް ހާއްސަ ދިރާސާއެއް ނޫން ކަމަށެވެ. އެއްޗެހި ބިނދޭ އަދި ރެނދު އެޅޭ ގޮތް ދެނެގަތުމުގައި މި ހޯދުން މުހިންމު ކަމަށް ސައިންސްވެރިން ބުނެ އެވެ.