26 އޯގަސްޓް 2018
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ޕީޕީއެމުން ހުށަހެޅި ގިނަ ފޯމުތަކެއް ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކޮށްފައިވާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ޕީޕީއެމުން ހުށަހެޅި ގިނަ ފޯމުތަކެއް ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކޮށްފައިވާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
ރީ-ރަޖިސްޓްރޭޝަންގެ މައްސަލަތަކާ ބެހޭ ގޮތުން ޕީޕީއެމަށް ތަފާތު ތުހުމަތުކޮށް، އިދިކޮޅު ޕާޓީތަކުން ދައްކާ ވާހަކަތަކަށް ރައްދު ދީ، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ހުރިހާ ޕާޓީތަކުންނާއި ތައުލީމީ މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކުން ވެސް ރަޖިސްޓްރޭޝަންގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޕީޕީއެމުން ކޮށްފައި ވަނީ އޮޅުވައިލުމުގެ އަމަލުތަކެއް ކަމަށާއި އެންގުމެއް ނެތި ރަޖިސްޓްރީ ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ޕީޕީއެމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުންޏެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓްރީ ވާން ހުށަހެޅި ފޯމުތަކުގެ ތެރެއިން 5626 ފޯމެއް އީސީން ބާތިލްކޮށްފައި ވެ އެވެ. އެމީހުން ރަޖިސްޓްރީ ވާން އިތުރު ފުރުސަތެއް ދިނުމަށް މާދަމާ ހުޅުވާލަން އެ ކޮމިޝަނުން ނިންމާފައި ވެ އެވެ.
ބާތިލްކުރި ގިނަ ފޯމުތައް ނިސްބަތް ވަނީ އެމްޑީޕީގެ މެމްބަރުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މިިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ. ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ގުޅިގެން ރީ-ރަޖިސްޓްރޭޝަން ފޯމުތައް ގަޑުބަޑު ކޮށްފައިވާ ކަމަށެވެ.
"ހަމަ އެއާކު، މިހާރު އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރައްވާފައިވާ ފޯމުތަކަށް ބަލާއިރު، މި ޕާޓީން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް ވެސް ވަނީ ބާތިލްކުރައްވައިފަ އެވެ. އަދި އެ ފޯމުތަކުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަށް ލިބިދީފައިވާ ފުރުސަތުގައި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ހުރިހާ ފަރާތްތަކަށް ވެސް ލިބިދީފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ،" ޕީޕީއެމްގެ ނޫސްބަޔާނުގައި ވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ ރީ-ރަޖިސްޓްރީ ކުރުމަށް، މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް 24،000 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 17،000 ފޯމަކީ އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ ފޯމުތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
"ހަމައެއާއެކު، މިހާރު އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރައްވާފައިވާ ފޯމުތަކަށް ބަލާއިރު، މި ޕާޓީން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް ވެސް ވަނީ ބާތިލް ކުރައްވައިފަ އެވެ. އަދި އެ ފޯމުތަކުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ލިބިދީފައިވާ ފުރުސަތުގައި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ހުރިހާ ފަރާތްތަކަށް ވެސް ލިބިދީފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާން ނިންމާލާފައިވަނީ ރީ-ރަޖިސްޓްރޭޝަންގެ ކަންތައް ހިނގާފައިވާ ގޮތުގެ ތެދު މައުލޫމާތު ހާމަކުރުމަށް އިދިކޮޅު ކޯލިޝަނަށް ގޮވައިލަމުންނެވެ. އަދި ޕީޕީއެމާ ގުޅޭގޮތުން ދޮގު ވާހަކަދެއްކުން ހުއްޓާލުމަށާއި އިންތިޚާބުގެ ރޫހާ އެއްގޮތަށް ކަންކަން ކުރުމަށް އެމްޑީޕީއަށާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ޕީޕީއެމުން ގޮވާލާފައި ވެ އެވެ.
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
އޮޅުވާނުލިނަމަ 65 ޕަސަންޓު ވޯޓު ލިބޭނެ :އަދުރޭ
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟