Roadha Mihaaru
މާފަރު އެއާޕޯޓު ރައީސް ހުޅުއްވައިދެއްވައިފި

މާފަރު އެއާޕޯޓު ރައީސް ހުޅުއްވައިދެއްވައިފި

28 އޯގަސްޓް 2018

ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓު، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓު، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މާފަރު ބަނދަރު މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް، މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އެއާޕޯޓު ހުޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށް ހަދާފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލެއްވުމުންނެވެ.

އަބޫދާބީ ފަންޑުން ފައިސާ ހޯދައިގެން އަޅާފައިވާ މި އެއާޕޯޓަށް، މި މަހުގެ 14 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެ އެވެ.

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާފައިވާ މި އެއާޕޯޓަކީ "[ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ] ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާ" އެކެވެ.