Roadha Mihaaru
ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަަޅާނަން:ރައީސް

ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅާނެ، ނުނިމި އޮތީ ރަށެއް ކަނޑައެޅުން: ރައީސް

05 ޖެނުއަރީ 2023

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތުގައި މިހާރު ނުނިމި އޮތީ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައެޅުމުގެ މައްސަލަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތުގައި މިހާރު ނުނިމި އޮތީ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައެޅުމުގެ މައްސަލަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އަތޮޅު ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅުއްވައި ދެއްވާނެ ކަމަށާއި އަދި މިހާރު ނުނިމި އޮތީ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައެޅުމުގެ މައްސަލަ އެކަނި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނޭނެ އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ރ. އުފުލަންދޫ ސަރުކާރަށް މިހާރު ނަގާފައި އޮތަސް، އެރަށް އަނބުރާ އެ އަތޮޅު ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރ. އަތޮޅު ކައުންސިލުން އެދުނު ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ ރ. އަލިފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ވެސް މިއަދު މެންދުރު ހުޅުއްވައި ދެއްވައިފަ އެވެ.