31 އޯގަސްޓް 2018
ރަސްމީ ވަޒީފާއަކީ އެހެން މީހުންގެ ގައިގައި ބައްދައިލުން ކަމަށް ބުނެފި ނަމަ ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެކަމަކު، ތިން ދަރިން ތިބި ޖެސިކާ އޯނީލްގެ އަށް މި ވަޒީފާއިން އަހަރަކު 58،000 ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. ހަފުތާކަށް ބަލައިފި އެވްރެޖްކޮށް 1،100 ޑޮލަރު ލިބެ އެވެ.
ރަސްމީ ވަޒީފާއަކީ އެހެން މީހުންގެ ގައިގައި ބައްދައިލުން ކަމަށް ބުނެފި ނަމަ ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެކަމަކު، ތިން ދަރިން ތިބި ޖެސިކާ އޯނީލްގެ އަށް މި ވަޒީފާއިން އަހަރަކު 58،000 ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. ހަފުތާކަށް ބަލައިފި އެވްރެޖްކޮށް 1،100 ޑޮލަރު ލިބެ އެވެ.
އޮސްޓްރޭލިއާގެ މި މީހާ، ގަޑިއެއްހާ އިރުގެ ބައްދައިލުމަކަށް ނަގަނީ 60 ޑޮލަރެވެ. ބައްދައިލުމާ އެކު ކައުންސެލިން ސެޝަނެއްގެ އަގަކީ 80 ޑޮލަރެވެ. އަދި "ފްރެންޑްޝިޕް ސްޓައިލް" އަށް ކޮފީއަކާ އެކު ބައްދައިލުމެއްގެ ހިދުމަތް ދެނީ 110 ޑޮލަރެވެ.
ޖެސިލާ ފިރިމީހާ ޖޭޒަން އަށް ވެސް ޖެސިކާގެ އެ ވަފީޒާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތެވެ.
މީގެ ހަ މަސް ކުރިން "ކަޑްލް ތެރަޕިސްޓް" އަކަށް ޖެސިކާ، 35، ބަދަލުވީ ޕްރޮފެޝަނަލް މަސާޖް ތެރަފިސްޓެއްގެ އިތުރުން ކައުންސިލަރެއްގެ ގޮތުގައި ކުރި ތަޖުރިބާތަކެއްގެ ތެރެއިންނެވެ. އޭނާ ބުނި ގޮތުގައި ދިރިއުޅުމުގައި އެކި ކަހަލަ ކަންކަމާ ކުރިލަތިލާން ޖެހިފައިވާ ވަރަށް ގިނަ މީހުން ހިދުމަތް ހޯދަން ދެ އެވެ.
އެކަމަކު ގިނަ މީހުންނަށް ބީރައްޓެއްސަކާ ދިމާވެފައި ސީދާ އެ މީހުންގެ ހުރިހާ ވާހަކަތަކެއް، ހުރިހާ އުދާހެއް ބޭރުކޮށްލާކަށް ނުކެރެ އެވެ. އެހެންވެ އަބަދު ވެސް ކްލައިޓުންނާ ގާތް ގުޅުމެއް އުފެއްދުމުގެ ގޮތުން، ހިދުމަތް ހޯދަން އަންނަ މީހުންގެ ގައިގައި ޖެސިކާ ބައްދައިލަ އެވެ.
ޖެސިކާ ތިން ދަރިންނާ އެކު.
އޭގައި ވަކި ޖިންސެއް ވެސް ތަފާތެވެ. އެކަމަކު ހިދުމަތް ހޯދާ ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ ގިނަ އެވެ.
"އާންމުކޮށް އުމުރުން ތިރީސް ފަސް އަހަރުން މަތީގެ ފިރިހެނުން އަންނަނީ. އެކަމަކު މި ފަހަކަށް އައިސް މެދު އުމުރުގެ އަންހެނުންނާއި ޒުވާން ފިރިހެނުން ވެސް އާދޭ ކަޑަލް ތެރަޕީގެ ހިދުމަތް ހޯދަން،" ޖެސިކާ ބުންޏެވެ.
އޭނާ ކިޔައި ދިން ގޮތުގައި "ކަޑްލް ތެރަޕީ" ގައި މައްސަލައެއް ނެތެވެ. އަދި މިއީ ހަމަ އާދައިގެ ބައްދައިލުންތަކެއް ކަމަށް ބުންޏެވެ. އެހެންވެ ނުބައި ގޮތަކަށް މާނަ ކުރާކަށް އޭގައި ޖާގައެއް ނޯންނާނެ ކަމަށް ޖެސިކާ ބުންޏެވެ.
"ބައްދަލީމަ ވަރަށް ގިނަ ފަހަރަށް ކްލައިންޓާ ގުޅުން ބޮޑުވެ، ގާތްކަން އުފެދޭ. އޭގެ ނަތީޖާއަކީ ދިމާވެފައިވާ އަސްލު ހާލަތު ކިޔައި ދޭން އޮންނަ ފަސްޖެހުން ކުޑަވެގެން ދިއުން،" އޭނާ ބުންޏެވެ.
ޖެސިކާ ބުނީ އޭނާގެ ކައިރި އަށް ހިދުމަތް ހޯދަން އަންނަ މީހުންގެ ސެޝަންތައް ފެށޭނީ ހަމަ އާދައިގެ މެޑިޓޭޝަނަކުން ކަމަށެވެ.
"ގިނަ ކްލައިންޓުންނަކީ ޑިޕްރެޝަނާއި އެކަނިވެރިކަން ނުވަތަ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެގެން އެހީއަކަށް އެދި އަންނަ މީހުން. އެގޮތަށް އަންނަ މީހުންނާ ވާހަކަ ދައްކާލައި ބައްދަލީމަ ފިޒިކަލީ އެ ލިބޭ ހިތްހަމަޖެހުމަކީ ވަރަށް ވެސް ރަނގަޅު ފަރުވާއެއްގެ ގޮތުގައި ފާހަގަ ކުރެވުނީ،" އޭނާ ބުންޏެވެ. "އެހެންވެ ފަހުން ކަޑްލް ތެރަފިސްޓަކަށް ބަދަލުވީ."
ޖެސިކާ ބުނީ ކަޑްލް ތެރެޕިސްޓެއްގެ ގޮތުގައި ފުރަތަމަ މަަސައްކަތް ފަށައިގަތް އިރު، އުނދަގޫވާ ކަހަލަ ބައެއް ކަންކަން ހުރި ކަމަށެވެ. އެކަމަކު އޭނާ ކައިރި އަށް ހިދުމަތް ހޯދަން އަންނަ އެންމެންނަކީ "އާދައިގެ" މީހުންނަށްވާތީ، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމަކާ މިހާތަނަށް ކުރިމަތި ނުވާ ކަމަށް ބުންޏެވެ.
"އެއީ ކަންނޭނގޭ ފިރިމީހާ ވެސް އަހަރެންގެ މި މަސައްކަތާ ދޭތެރޭ ކަންބޮޑު ނުވާ ސަބަބަކީ. ޖޭސަން ވަރަށް ސަޕޯޓިވް،" އޭނާ ބުންޏެވެ. "އަދި ދަރިން ވެސް އަހަރެންގެ މި މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ."
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
ލޮކްޑައުންގައި އަންހެނުންނަށް ނަފްސާނީ މައްސަލަތައް ގިނަ
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ
ދުބާއީގައި ޔޯގާ އިޝްތިހާރުކުރި ގޮތް ހޫނުވެއްޖެ
ޖަންކް ފުޑުން ނަފްސާނީ ބައްޔަކަށް ހުށަހެޅިދާނެ
ބިރުވެރި ހުވަފެނަކީ ނަފުސާނީ ބަލީގެ އަލާމާތަކަށް ވެދާނެ
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
އައިސީޔޫން ނަފްސާނީ މައްސަލަތަކުގެ ބިރު
ތާޒާކޮށް ހުންނަން، ތާޒާ މޭވާ އާއި ތަރުކާރީ