28 ޑިސެމްބަރ 2018
ބިރުވެރި ނުވަތަ ހިތްދަތިވާ ކަހަލަ ހުވަފެން ފެނުމަކީ ނަފުސާނީ މައްސަލަތަކެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ބިރުވެރި ނުވަތަ ހިތްދަތިވާ ކަހަލަ ހުވަފެން ފެނުމަކީ ނަފުސާނީ މައްސަލަތަކެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސްލީޕް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ހިތްދަތިވާ ކަހަލަ ހުވަފެން އާންމުކޮށް ފެނުމަކީ ޑިޕްރެޝަނާއި އެންޒައިޓީ އާއި ޕޯސްޓް-ޓްރޯމެޓިކް ޑިސްއޯޑަ (ޕީއެެސްޑީ) ކަހަލަ ބައްޔަކަށް ހުށަހެޅިފައިވާ ކަމުގެ އަލާމާތަކަށް ވެދާނެ އެވެ.
މިކަމުގެ ސަބަބުން، ހިތްދަތިވުމާއި ރުޅިގަދަވުމާއި އޮޅުންބޮޅުންވުމާއި އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުމާއި އަމިއްލަ ނަފުސު ކުށްވެރިކުރުން ކަހަލަ ކަންކަމަށް މަގުފަހިކުރުވާ ކަމަށް ދިރާސާގައި ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ބޮޑެތި މީހުންގެ ތެރެއިން 2-8 ޕަސެންޓް މީހުންނަކީ އާދަވެގެން ހިތްނޭދޭ ކަހަލަ ހުވަފެން ފެންނަ މީހުންނެވެ. އޭގެ ސަބަބުން އެފަދަ މީހުންގެ ނިދި ހަރާބުވެ، ޖިސްމާނީ ގޮތުން ވެސް ހަށިގަނޑު ބަލިކޮށްލާ ކަމަށް ދިރާސާގައި ބުންޏެވެ.
މީހާ އަށް ހަމަ ނިދި ނުލިބުމަކީ ސިއްހީ ގޮތުން އެކި ކަހަލަ މައްސަލަތައް މެދުވެރި ކުރުވާ ކަމެއް ކަމަށް މީގެ ކުރިން ވެސް ހަދާފައިވާ ދިރާސާތަކުން ދައްކަ އެވެ. އޭގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ވެސް ބުރޫ އަރައި، އާންމު ދިރިއުޅުމަށް ނޭދެވޭ ބޮޑެތި ބަދަލުތައް ގެނުވަ އެވެ.
ބިރުވެރި ހުވަފެން ފެންނަ މީހުންނަށް ނިދީގެ ތެރޭގައި ދިމާވާ ކަންކަމުގެ ތެރޭގައި ހަޅޭލެއްވުމާއި ކުއްލި ކުއްލި އަށް ހޭލެވި ތެދުވުމާއި މީހާގެ ނަފުސު ކޮންޓްރޯލުން ނައްޓައި ހަރުކަށިވުން ހިމެނެ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ތުރުތުރުއަޅާ ބަލީގެ ޝިކާއަރަކަށްވުމުގެ ފުރުސަތު ވެސް ބޮޑުކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ
އައިސީޔޫން ނަފްސާނީ މައްސަލަތަކުގެ ބިރު
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
އެކަނިވެރިކަން ފިލުވައިދޭން ބުޅާ
ލޮކްޑައުންގައި އަންހެނުންނަށް ނަފްސާނީ މައްސަލަތައް ގިނަ
ނަފުސާނީ މައްސަލަތަކާ ދުރުވާނެ ފަސް ގޮތެއް
އަމިއްލަ ނަފްސަށް ލޯބިކުރުމުން ޑިޕްރެޝަނާ ދުރުވޭ
ޖިންސީ ތަފާތުކުރުންތަކާ ހެދި އަންހެނުންނަށް ޑިޕްރެޝަން