ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަށް އަހަރަށް ފަހު ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް މުގުރާލައިފި އެވެ.
02 ސެޕްޓެމްބަރ 2018
ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަށް އަހަރަށް ފަހު ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް މުގުރާލައިފި އެވެ.
އޭނާ މި ރެކޯޑް ހެދީ އޭޝިއަން ގޭމްސްގެ 1500 މީޓަރު ދުވުމުގެ އިވެންޓުގައި ބުރާސްފަތި ދުވަހު ވާދަކޮށް 5:14 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި 5:16 މިނެޓުން ދުވި މަރިޔަމް އިނާޔާ ފާރޫގުގެ އަތުގަ އެވެ.
މި އިވެންޓުގައި 20 ދުވުންތެރިންގެ ތެރެއިން ޖާއިޝާ ދިޔައީ 18 ވަނަ އަށެވެ. ރަން މެޑަލް ހޯދި ބަހުރޭނުގެ ބެފްކަޑޫ ކަލްކިޑަން 4:07 މިނެޓުން ދުވިއިރު ރިހި މެޑަލް ހޯދީ 4:09 މިނެޓުން ރޭސް ނިންމި އެ ގައުމުގެ ބެލާއީ ޓިގިސްއެވެ. ބަހުރޭން ޓީމަށް ދުވި ނަމަވެސް މި ދެ ދުވުންތެރިން އުފަންވީ އިތިއޯޕިއާގަ އެވެ. ލޯ މެޑަލް ހޯދީ އިންޑިއާގެ ޕަލަކީޒް އުނިކްރިޝަނެވެ. އޭނާގެ ޓައިމިން އަކީ 4:12 މިނެޓެވެ. ދެކުނު އޭޝިއާގެ އެހެން ދުވުންތެރިންގެ ތެރެއިން ނޭޕާލުގެ ސަރަސްވަތީ ބަޓްރާއީ 4:34 މިނެޓުން ދުވިއިރު އޭނާ ދިޔައީ 14 ވަނަ އަށެވެ. ދެން ދުވި އިންޑިއާގެ މޮނިކާ ޗައުދަރީ ވަނީ ޑިސްކޮލިފައިވެފަ އެވެ.
ގޭމްސްގައި ޖާއިޝާ 800 މީޓަރު ދުވުމުގެ ޕްރިމިލިމަރީ ބުރުގެ ހީޓެއް ތިނެއްގައި ދުވެ ރޭސް ނިންމީ 2:34 މިނެޓުންނެވެ. އޭނާ އަނެއް ބުރަށް ނުހޮވެ އެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އަންހެން ދުވުންތެރިޔާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ. އަދި މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ޕާސަނަލް ރެކޯޑް ހަދައިފަ އެވެ. ރާއްޖޭގެ ކާމިޔާބީތަކަށް ބަލާއިރު މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި 800 މީޓަރު ދުވުން، 1500 މީޓަރު ދުވުން އަދި 5000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި އެވެ.
ރާއްޖޭން ދެން ވާދަކުރި ދުވުންތެރިންގެ ތެރެއިން އައިޝަތު ހިމްނާ ހަސަން 200 މީޓަރުގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށް ރޭސް ނިންމީ 26.73 ސިކުންތުންނެވެ. އަދި 400 މީޓަރު ދުވުމުގެ ހީޓުގައި ދުވެ ރޭސް ނިންމީ 1:00.59 މިނެޓުންނެވެ. މި ދެ އިވެންޓުން ވެސް އޭނާ އަނެއް ބުރަށް ނުހޮވެ އެވެ.
ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދީ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ވާދަކުރި ހަސަން ސާއިދެވެ. ޕްރިލިމިނަރީ ބުރުގެ ހަތަރު ވަނަ ހީޓުގައި ދުވެ 10.67 ސިކުންތުން ރޭސް ނިންމައި އޭނާ ސެމީ އަށް ގޮސް އެ އިވެންޓުގައި ސެމީގެ ފުރަތަމަ ހީޓުގައި ރޭސް ނިންމީ 10.63 ސިކުންތުންެވެ. އޭނާ އަށް ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.
ދެން ވާދަކުރި މެރެތަންގައި ޝިފާޒް މުހައްމަދަށް މެޔަށް ތަދެއް އަރައި ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. ބޭރުގެ މެރެތަން ރޭހެއްގައި 26 އަހަރަށް ފަހު ރާއްޖެ ތަމްސީލްކުރި ފުރަތަމަ ދުވުންތެރިޔާ އަށް 42 ކިލޯމީޓަރުގެ ރޭސް ހުއްޓާލަން ޖެހުނީ ހާފް މެރެތަން ވެސް ކަޑައްތުކުރި ފަހުންނެވެ.
އޭޝިއަން ގޭމްސް: 100 މީޓަރުން ސާއިދު ސެމީ އަށް
މެޔަށް ތަދެއް އަރައި ޝިފާޒަށް ރޭސް ފުރިހަމަ ނުކުރެވުނު
ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓު ހޮވައިފި
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
ތަރިއަކީ އިބާދުﷲ، 800 މީޓަރު ފަސޫހާ އާއި ފަޒީލަށް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
އަމިއްލަ ރެކޯޑް އާކޮށް އިބާދުﷲ ޕާފޯމަންސާ މެދު ހިތްހަމަޖެހިފައި
ލަންކާގެ ގައުމީ މުބާރާތުން ފަސޫހާ ރިހި މެޑަލް ހޯދައިފި
އެތުލެޓިކްސްގެ ޖީއެސްގެ މަގާމު އަނެއްކާވެސް މުންތަގިމަށް