02 ސެޕްޓެމްބަރ 2018
ސިނަމާލެ ބްރިޖަށް އެންމެންގެ ތައުރީފެވެ؛ އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖަށް ޖަމާވީ މާކަނޑުގައި އަޅާފައިވާ އެ ބްރިޖުގެ ރީތިކަން ދެކިލައި ފޮޓޯ ނަގާށެވެ. އެންމެންގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބްރިޖު މަތީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ.
ސިނަމާލެ ބްރިޖަށް އެންމެންގެ ތައުރީފެވެ؛ އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖަށް ޖަމާވީ މާކަނޑުގައި އަޅާފައިވާ އެ ބްރިޖުގެ ރީތިކަން ދެކިލައި ފޮޓޯ ނަގާށެވެ. އެންމެންގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބްރިޖު މަތީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ.
މި ފޮޓޯތަކުގެ ތެރެއިން ވަރަށް ހުތުރު މަންޒަރުތަކެއް ވެސް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. ކުނިބުނިން، ބްރިޖު "ގޮނޑަކަށް" ހަދާފައިވާ މަންޒަރެވެ. ޕްލާސްޓިކް ފުޅި އާއި ދަޅާއި ސުޕާރީ ހުސްކުރި ޕެކެޓާއި ޕްލާސްޓިކް ކޮތަޅެވެ. އެއާ އެކު، ފާޑުކިޔުން އިންތިހާގަ އެވެ.
"ފޮޓޯ އިން އެ ފެންނަނީ، ބްރިޖު ބަލަން ދިޔަ ދިވެހިންގެ ތަރައްގީގެ ލެވެލް ހުރި މިންވަރު" އެކަކު ލިއެފައިވެ އެވެ.
އަނެކަކު ބުނެފައި ވަނީ ބްރިޖު މަތީގައި ކުނިއަޅާ ޑަސްބިން ބަހައްޓާފައި ހުރިއިރު، ވެސް މުޅި ތަނަށް ކުނިއެޅުމަކީ ހިތާމަހުރި ކަމެކެވެ. އެއީ ބައެއް ދިވެހިންގެ ނާތަހުޒީބު އަމަލެއް ކަމަށް ވެސް ބުންޏެވެ.
Vaki thaneh balaane kameh nei. Balaali komme dhimaalakun fenaneee kuni buni. Tharahgee vanee dhuhvaa cycle aa athuga phone ekani. Dhen huri hurihaa kameh mihen. pic.twitter.com/0zCDcEu5Ge
— Phax!e ?❔ (@phaxIe80) September 2, 2018
ބްރިޖަށް ކުނި އެޅި މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު: އަންނަ ހުކުރު ދުވަހު، ދަތުރުތަކަށް އާއްމުކޮށް ހުޅުވާލުމުގެ ކުރިން އެތަނުގެ މަތީގައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަނެކަކު ބުނެފައި ވަނީ، ވަކި ތަނެއް ބަލާނެ ކަމެއް ނެތް ކަމަށެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކުނި ބުނި ކަމަށެވެ. އެއާ އެކު ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނީ، "ތަރައްގީ ވަނީ ދިވެހިން ދުއްވާ ސައިކަލާއި އަތުގައި އޮންނަ ފޯނު އެކަނި" ކަމަށެވެ.
ދެން ހުރި ހުރިހާ ކަމެއް ހުންނަނީ، މިހެން ކަމަށް ބުނެ އާއްމުކުރީ ބްރިޖާއި، މަސް މާރުކޭޓު ސަރަހައްދު މޫދަށް އުކާލާފައި ހުރި ޕްލާސްޓިކް ދަޅާއި ފުޅިތަކެވެ.
Evident that development should come to our minds before the structures around us. https://t.co/jiwd9cS0mC
— Visham?❓ (@vichalhey) September 1, 2018
ބްރިޖަށް ކުނި އަޅާ މަންޒަރު ވީޑިއޯކޮށްފައި.
މި ވާހަކަތަކަށް ބާރުދޭނެ އެހެން މީހަކު ރީޓުވީޓްކުރީ މާލޭގެ މަގުތަކަށް ޖަމާކޮށްފައި ހުރި ކުނިކޮތަޅުތަކެވެ.
#MaléCity maguthakuge adhuge haalathu !!??!! Maguthakugai Kunibuni funijehifaa! pic.twitter.com/xOrRvPkxcx
— #JazeeraRaees (@MDP_Thilafaiy) May 29, 2017
ބްރިޖަށް ދިޔަ މީހުންގެ ތެރެއިން އެތަން ހަޑިކުރި މީހުންނަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ތަރައްގީއާ އެކު ދިވެހިންގެ ސިކުނޑި ވެސް ތަރައްގީވާން ޖެހެ އެވެ. ރީތީ ޕާކުތަކާއި އިމާރާތްތައް އެޅުމަކުން ނުފުދެ އެވެ. ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހެ އެވެ.
ހަގީގަތުގައި ވެސް ފާޑުކިޔަން ޖެހޭ މައްސަލައެކެވެ؛ އަދި އެ ފާޑުކިއުންތައް ރަނގަޅު ގޮތުގައި ބަލައިގަނެ ހައްލުކުރަން ޖެހޭ ކަމެކެވެ.
ބްރިޖް ހެދިއިރު މޫދަށް ކުނި އެޅުމުން ބޮޑު ޖޫރިމަނާއެއް
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"
ބްރިޖު ދަށުން ދަތުރު ނުކުރަން އަންގައިފި
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟
ތާރު އަޅައިގެން ހެދި ރިންގް ރޯޑް ހުޅުވާލައިފި
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖާ ގުޅޭ މާލޭގެ ބޮޑު މަގުގައި ތާރު އަޅައިފި