Roadha Mihaaru
އިއްބެގެ މަރާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

އިއްބެގެ މަރާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

03 ސެޕްޓެމްބަރ 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނުވަތަ ގްރީން ޒޯންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނުވަތަ ގްރީން ޒޯންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން އިއްބެ އަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހޯދަން އިއުލާންކުރީ ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން އެންގުމަށް ފުލުހުން އެދެ އެވެ. އިއްބެ މަރައިލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އިއްބެ މަރައިލީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގައި ގްރޫޕްތަކުން ސިލްސިލާ މާރާމާރީތަކެއް ހިނގަމުން ދަނިކޮށެވެ. މާރާމާރީތައް ހިންގާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން އޮތީ ދީފަ އެވެ.