މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރާއެކު ހައްޔަރުކުރި 8 މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރާއެކު ހައްޔަރުކުރި 8 މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މި މަހުގެ 10 ގައި އެ މީހުން ހައްޔަރުކުރީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމައި ހިންގަން އުޅުމާއި ރޭވުމުގެ ތުހުމަތުގަ އެވެ. ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބެހެއްޓުމުގެ ތުހުމަތު ވެސް އެ މީހުންނަށް ކުރި އެވެ.
އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަވުމުން، އިއްޔެ ކޯޓަށް ގެންދިއުމުން ވަނީ އެކަށީގެންވާ ވަރަށް އިތުރު ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ، އެ މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ބަންދުން ދޫކޮށްލި އަމުރުގައިވާ ގޮތުން، އެ މީހުން އެންމެ ފުރަތަމަ ބަންދުކުރީ ކޮންމެވެސް ވަރެއްގެ ހެކި ހުރެގެންނެވެ. ނަމަވެސް އެ މުއްދަތު ފާއިތުވިއިރު، އެ މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައެއް ނުވެ އެވެ.
މާރާމާރީތަކާއި ތަންތަނަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ: ސީޕީ https://t.co/228aNVJBID
— Mihaaru (@Mihaarunews) February 25, 2023
ހަމައެކަނި ހުށަހަޅާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުތަކެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނީ، އެ މީހުން ތިބި އެޕާޓްމަންޓުގެ ތެރެއިން ކަތިވަޅި އާއި ވަޅި ފެނިފައި ވިޔަސް، އެފަދަ ތަކެތި ފެނުމަކީ އިތުރު ހެއްކަކާ ނުލައި، މާރާމާރީ ހިންގަން ގެންގުޅޭ ތަކެތި ކަމަށް ނުބެލެވޭނެ ކަމަށެވެ. އަނިޔާ ލިބިފައިވާ މީހެއްގެ ފޮޓޯތައް ފުލުހުން ހުށަހެޅިޔަސް، އަނިޔާ ދިނުމުގައި އެ މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ހުށަހާފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު ދޫކޮށްލިއިރު، މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި އެވެ.
އެ މާރާމާރީތަކުގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެ، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަދިވެސް ހޭނާރާ
ގްރޫޕު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި
ވަޅި ހެރުމުން ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި