25 މެއި 2016
އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރަން އަމިއްލަ ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އަންގައި، ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމާ އެކު، އެ މައްސަލައިގެ ތެރެއަށް އިތުރު ބަޔަކު ވަދެއްޖެ އެވެ.
އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރަން އަމިއްލަ ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އަންގައި، ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމާ އެކު، އެ މައްސަލައިގެ ތެރެއަށް އިތުރު ބަޔަކު ވަދެއްޖެ އެވެ.
ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރަން މ. ހަސްތީ އަހުމަދު ޚަލީލަށް ދޭން 2011 ގައި ސަރުކާރުން ނިންމިޔަސް އެ އެއްބަސްވުމުގައި ސަރުކާރުން ސޮއެއް ނުކުރެ އެވެ. އެ މައްސަލަ ހަލީލްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ދައުލަތަށް އަމުރުކުރީ އެއްބަސްވުމުގައި ސޮއި ކުރުމަށެވެ.
އެކަމަކު ކޯޓުން އެގޮތަށް ހުކުމް ކުރިއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އޮތީ އެ ރަށް ދެ ކުންފުންޏަކަށް ދޭން ނިންމައި، އެ ދެ ކުންފުނިން ވެސް ފައިސާ ނަގައިފަ އެވެ. އެގޮތުން އެއް ކުންފުންޏެއްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދާފައިވާއިރު އަނެއް ކުންފުނިން އޮތީ ހަ ލައްކަ ޑޮލަރު ސަރުކާރަށް ދައްކައިފަ އެވެ.
ހަލީލާ އެކު އެއްބަސްވުމުގައި ސޮއިކުރަން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި މިއަދު ފެށުމާ އެކު، ފައިސާ ދެއްކި އެއް ކުންފުނިން ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ. އެ ކުންފުނިން މިއަދު ހައި ކޯޓުގައި ބުނެފައިވަނީ އެރަށް ދޭން ސަރުކާރުން ނިންމުމުން ސަރުކާރުން އަންގައިގެން ފައިސާ ވެސް ދައްކައި، ގިނަ ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.
ކޯޓުން ހުކުމް ކުރުމުގެ ކުރިން ދެ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެރަށް ދޭން ނިންމި މައްސަލަ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން ވެސް ވަނީ ހާމަވެފަ އެވެ.
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ހިބަޅިދޫ އަނބުރާ ދޭން ކުރި ހުކުމް ބާތިލްކޮށްފި
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށް ކާމިޔާބު، 52 މިލިއަންގެ އަމުރު ބާތިލް
ފުއްގިރި މައްސަަލަ:ޔާމީންގެ އިސްތިއުނާފް ނާކާމިޔާބު