ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުތައް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް އަރާނެ ކަމަށް މޫޑީސް އިންވެސްޓާސް އިން ލަފާކޮށްފި އެވެ.
04 ސެޕްޓެމްބަރ 2018
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުތައް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް އަރާނެ ކަމަށް މޫޑީސް އިންވެސްޓާސް އިން ލަފާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދިނީ ސެޕްޓެމްބަރު 2016 ގަ އެވެ. މޫޑީސް އިން ރާއްޖެ އަށް އޭރު ދީފައިވާ "ބީ2"ގެ ރޭޓިން ދަމަހައްޓަން މި އަހަރު ނިންމި ނަމަވެސް "އައުޓްލުކް" ވަނީ މިދިޔަ ޖުލައި މަހު ނެގެޓިވް އަށް ބަދަލުކޮށްފަ އެވެ. ކްރެޑިޓް ރޭޓިން ފުރަތަމަ ދިން އިރު، "އައުޓްލުކް" ހުރީ ޕޮޒިޓިވްގަ އެވެ.
މޫޑީސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ދަރަނި އިތުރުވަމުންދާއިރު، ބީ މައިނަސް ރޭޓިންއަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫޑީސް އިން މިހާރު ރާއްޖެއަށް ދީފައި ވަނީ ބީ2 ނެގެޓިވް ރޭޓިން އެކެވެ. އަދި އެއިން ދައްކައިދެނީ ދަރަނި ދެއްކުމުގެ ގާބިލްކަން ލިބި، ޓޫރިޒަމުން ކުރިއެރުން ލިބެމުން އަންނަކަން ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.
މޫޑީސް އިން ބުނެފައި ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާ މިންވަރު އިތުރުވަމުންދާތީ ބަޖެޓްގެ ކަރަންޓް އެކައުންޓް ޑެފިސިޓްގެ ބޮޑު ބައެއް ހިއްސާކުރާ ކަމަށެވެ.
ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހެދި ރަސްފަންނު ސަރަހައްދު: މަޝްރޫއުތަކަށް ނަގާ ލޯނުތައް އަނބުރާ ދައްކަން ޖެހެމުން ދިމާވާނެ މާލީ ގޮންޖެހުންތައް ބޮޑުވާނެ.
އެ އެޖެންސީން ވަނީ ސަރުކާރުގެ ކްރެޑިޓް އެނަލިސްއެއް ވެސް ނެރެފަ އެވެ. އެގޮތުން ހަތަރު ކެޓަރީއަކުން ހެދި އެނަލިސް އިން އިގްތިސާދީ ހަރުދަނާ ކަމަށް ދީ ފައި ވަނީ "ލޯ (+)" އެވެ. އޭގެ އިތުރުން އެތެރޭގެ ހަމަޖެހުމަށް ދީފައި ވަނީ "ލޯ (+)" އެވެ. އަދި މާލީ މިންގަނޑުތައް ހިފެހެއްޓުމުގެ ގާބިލްކަމަށް ދީފައި ވަނީ "ލޯ (+)" އެވެ. އަދި ކަމެއް މެދުވެރިވެއްޖެ ނަމަ ދިމާވެދާނެ ނަތީޖާ އަށް ދީފައި ވަނީ މޮޑަރޭޓް (+) އެވެ.
މޫޑީސް އިން ބުނީ އަލަށް ނެރުނު ރިޕޯޓަކީ އިންވެސްޓަރުންނަށް އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން ނެރުނު ރިޕޯޓެއް ކަމަށެވެ. އަދި އެއީ ރޭޓިންއާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.
އެ އެޖެންސީން މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މިހާރު ވެސް ހިންގާ މަޝްރޫއުތަކަށް ސަރުކާރަށް ފައިސާ ބޭނުން ވެ އެވެ. އަދި ސަރުކާރުން ނަގާފައިވާ ސޮވަރިން ބޮންޑު 2022 ވަނަ އަހަރުގެ ނިޔަލަށް ދައްކަން ޖެހުމުން މި ގޮންޖެހުތައް އިތުރަށް ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
މޫޑީސް އިން ލަފާކުރާ ގޮތުގައި ގްރޮސް ބޮރޯވިން ނީޑްސް ނުވަތަ އަހަރަކު ދަރަނި ނަގަން ޖެހޭ މިންވަރު 2019 ވަނަ އަހަރުން ފެށިގެން ޑީޖީޕީގެ 8.3 ޕަސެންޓަށް އަރާނެ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 7.1 ޕަސެންޓްގަ އެވެ. އަދި އެ މިންވަރުގައި 2022 ވަނަ އަހަރާ ހަމައަށް ހުންނަން ޖެހުނު ނަމަވެސް، ސޮވަރިން ބޮންޑް ދައްކަން ޖެހުމުން ޑީޖީޕީގެ 9.1 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫޑީސް އިން ބުންޏެވެ.
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
އަހަރުވެއްޖެ، ދަރަނި ހަމަޔަކަށް އެޅޭތަނެއް އަދި ނުފެނޭ
ހަރަދު ދަށްވެ، އާމްދަނީ މަތިވުމުމުގެ އަސަރު ޑެފިސިޓަށް
އައުޓްލުކަށް ކުރިއެރުން ލިބުނު ފިޔަވަޅުތައް ދަމަހައްޓާނެ
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
206 މަޝްރޫއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"
ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ބޯހިޔާވަހިކަމަށް
206 ޕްރޮޖެކްޓުގެ އަގަކީ 2.7 ބިލިއަން ރުފިޔާ!
206 މަޝްރޫއު 21 ދުވަސް ތެރޭގައި ފަށަންޖެހޭ