އިދިކޮޅު ކޯލިޝަންގެ ރިއާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން، ރިއާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.
05 ސެޕްޓެމްބަރ 2018
އިދިކޮޅު ކޯލިޝަންގެ ރިއާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން، ރިއާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.
ތިން ދުވަހުގެ މި ދަތުރުގައި، ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ވަޑައިގެން ކެމްޕެއިން ކުރައްވާނެ އެވެ. މިއީ އިދިކޮޅު ކޯލިޝަންގެ ވެރިން މި ފަހަރުގެ ކެމްޕެއިންނަށް މިއަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
މި އަތޮޅުގެ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވާހަކަ ދައްކަވާނެ އެވެ. އަދި ރޭގަނޑު މަޑުކުރައްވާ ރަށްރަށުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވައިފަ އެވެ.
މިއަދު ފަތިހު ފްލައިޓުން ހދ. ހަނިމާދު އަށް ވަޑައިގެން އިބޫގެ ފުރަތަމަ ވަޑައިގަތީ ހއ. މޮޅަދު އަށެވެ. އެ އަށް ފަހު ތުރާކުނާއި އުލިގަމަށް ވަޑައިގަންނަވާނެ އެވެ. މިއަދު ހަވީރު އިހަވަންދު އަށް ވަޑައިގަތުމަށް ފަހު މިރޭ މަޑުކުރެއްވުމަށް ނިންމަވާފައިވަނީ ހޯރަފުށީގަ އެވެ. މި ރޭ އެ ރަށުގައި ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.
މާދަމާ ހެނދުނު ފުރަތަމަ ވަޑައިގަތުމަށް ނިންމާފައިވަނީ ތަކަންދު އަށެވެ. އެ އަށް ފަހު މާރަންދު އަށް ވަޑައިގަތުމަށް ފަހު މެންދުރު ވަޑައިގަންނަވާނީ އުތީމަށެވެ. އެ އަށް ފަހު ކެލަޔަށް ވަޑައިގަތުމަށް ފަހު މާދަމާ ރޭ މަޑުކުރައްވާނީ އަތޮޅުގެ ވެރިކަން ކުރާރަށް ދިއްދޫގަ އެވެ. ދިއްދޫގައި ވެސް ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ.
ހުކުރު ދުވަހު ހެނދުނު ވަށަފަރަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ފަހު ހުކުރަށް ވަޑައިގަތުމަށް ނިންމާފައިވަނީ ބާރަށަށެެވެ. އަދި އެ ދުވަހު ފިއްލަދު އާއި މުރައިދު އަށް ވަޑައިގަތުމަށް ފަހު އެ ދުވަހު ހަވީރު މާލެ ފުރާވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.
އިބޫ އާއި އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. ދެ ބޭފުޅުންގެ ދަތުރުތަކަށް ބަލާއިރު މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ވަޑައިގެންފަ އެވެ. މި މަހުގެ 23 ގައި ބާއްވާ އިންތިހާބުގެ ކުރިން ވެސް ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.
އިހަވަންދޫ ތަފާތު، އިބޫ ވިދާޅުވީ މިކަން ވެއްޖެ ކަމަށް
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް!
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
އެމްޑީޕީން އަންނަ މަހުގެ 3ގައި މުޒާހަރާއަށް ނިކުންނަނީ
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި