އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ނަން އެކަނި ކަމަށާއި އެ މަގާމަށް އޭނާ އަށް ތާއީދު ކުރައްވާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ނަން އެކަނި ކަމަށާއި އެ މަގާމަށް އޭނާ އަށް ތާއީދު ކުރައްވާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި މިހާރު އުފެދިފައިވާ "ފެކްޝަން ކޯޅުން" ގައި ގަޕޯ އަށް ތާއީދު ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުންނެވެ.
އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވަނީ، ވަގުތީ ޗެއާޕާސަން ހޮވުމަށް ބައްދަލުވުން ބާއްވާނެ ތާރީހަކާ ގުޅޭގޮތުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާ ސުވާލު ކުރައްވައިފަ އެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ބާއްވައި ނިންމަވައި ދެެއްވަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވީ ވެސް މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވި ފައްޔާޒު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.
ނަމަވެސް، ޕާޓީގައި އުފެދިފައިވާ ކޯޅުންތައް ގައުމީ މަޖިލިހުގެ އެރޭގެ ބައްދަލުވުމުގައި ބޮޑުވެ އެ ބައްދަލުވުން ނިންމައިލީ އެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. ދެން އެ ލިސްޓުގައި އޮތީ ގަޕޯގެ އިތުރުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަމެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.
ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަސްލަމާއި ގަޕޯގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.
މީޑިއާ ނުވައްދައި ކުރީގެ ވެސްޓްޕާކް ސަަރަހައްދުގައި ހުންނަ "ފަންކްޝަން ފައިވް" އިވެންޓު ހޯލްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ އަބްދުﷲ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީ އެވެ.
އޭގެ ފަހުން، އަބްދުﷲ ވަހީދު ވަނީ ޑެޕިއުޓީ ޗެއާސާންގެ މަގާމަށް ހުށަހެޅުއްވި ނަން އަނބުރާ ނަންގަވައިފަ އެވެ.
ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވިއަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޝާހިދު ކަން ކުރެއްވި ގޮތުން ވާދަކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ވަރުގަދަކުރަނީ
ސުޕަ މެޖޯރިޓީ އޮވެ ރައީސްގެ ކަންބޮޑުވުންތަކެއް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް!
ޗެއާޕާސަންގެ ޒިންމާ ހަވާލުކުރާނެ ބޭފުޅަކު ކަނޑައަޅަނީ
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
ހިތަށްވީ ތަދުގެ ބަދަލުހޯދަން އުޅެގެން ކުރިއެރުމެއް ނެތް
ފައްޔާޒު، އެމްޑީޕީގެ ޗެއާޕަސަންކަމުން އިސްތިއުފާދީފި
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"