05 ސެޕްޓެމްބަރ 2018
ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށްދެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭ ކަމަށާއި އެކަން ނުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ހއ. ތުރާކުނުގައި، ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށްދެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭ ކަމަށާއި އެކަން ނުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ހއ. ތުރާކުނުގައި، ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖެ ތަރައްގީނުކުރެވި ވަނީ ފައިސާ ނުލިބިގެންތޯ ނުވަތަ ފައިސާ އިސްރާފު ކުރާތީތޯ ސުވާލު އުފެދޭ ކަމަށެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭހާ ފައިސާ ދައުލަތަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭކާރު ހަރަދު ނުކުރާ ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް ގާއިމްކުރެވޭނެ. ހިތާމައަކީ ޕްރޮޖެކްޓްތައް ނުއަގުގައި ހިންގާކަން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރުމަށް މި ސަރުކާރުން ފަށާފައިވާ ކޮންމެ ޕްރޮޖެކްޓަކަށް މަދުވެގެން ތިން މިލިއަން ރުފިޔާ ހަރަދުކުރާއިރު އެއަށް ވުރެ ހަރަދު ކުޑަކޮށް ވެސް އެކަން ކުރެވޭނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީކުރާނީ "ވައްކަމާ ނުލައި" ކަމަށް އިބޫ މިއަދު ވެސް ވިދާޅުވި އެވެ. އޭނާ ވައުދުވެވަޑައިގަތީ އޭނާގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމްކޮށްދިނުމަށެވެ.
ތިލަދުންމައްޗަށް މިއަދު އިބޫ ފެއްޓެވި ދަތުރުގައި މި އަތޮޅު މޮޅަދުއަށް ވަޑައިގެން ވިދާޅުވީ 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށުން ގަދަކަމުން މީހުން ނުބާލާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ މޮޅަދުއަށް ވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ބަނދަރު ވެސް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރާނެ ކަމަށެވެ.
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
ތަރައްގީގެ ނަމުގައި އިބޫ ވައްކަމެއް ނުކުރާނެ: ޝާހިދު
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
އިންތިހާބުގައި ނަމޫނާއަކަށް ނަގަންވީ މެލޭޝިއާ: ފައިސަލް
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
އިބޫ ރައީސް ޔާމީނަށް: ތަރައްގީގެ ފަހަތުގައި ވައްކަން!