މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ޕާފިއުމް ހައުސް ޑިއޯ އިން ތައާރަފުކުރި "ޑިއޯ ޖޯއި" ސެންޓް ލެކިއުޓްގެ ފިހާރަތަކުން ވިއްކަން ފަށައިފި އެވެ.
މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ޕާފިއުމް ހައުސް ޑިއޯ އިން ތައާރަފުކުރި "ޑިއޯ ޖޯއި" ސެންޓް ލެކިއުޓްގެ ފިހާރަތަކުން ވިއްކަން ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެރުނު މި ސެންޓަކީ 1999 ގައި ޖެޑޯ ނެރުމަށްފަހު ޑިއޯ އިން ނެރުނު މުޅިން އާ އަންހެން ސެންޓް ލައިނެއްގެ އާ ފެށުމެކެވެ.މި ލައިންގެ ފުރަތަމަ ސެންޓެއްގެ ގޮތުގައި ޖޯއި މިވަނީ އާ އުއްމީދުތަކަކާ އުފާވެރިކަމާއި ގުޅިފަ އެވެ.
މާމެލާމެލީގެ ތަފާތު ވަސްތަކާއި ސިޓްރަސީ މޭވާގެ ވަސް އެކުވެގެން ނުކުންނަ މަޑު މީރު ވަސްދުވާ މި ސެންޓް އުފެއްދުމުގައި ޑިއޯއިން ވަނީ ޕޮއިންޓް ސިސްޓަމްގެ ކުރެހުންތަކުން އާ ހިޔާލު ހޯދާފަ އެވެ.
މަޑު ފޮޔާތޮށި ކުލައިގެ ޖަވާހިރު ފަދައިން ފުޅި ޑިޒައިން ކުރެވިފައިވާ ޖޯއި ހާއްސަ ކޮށްފައި ވަނީ ޒުވާން އަންހެން ކުދިންނަށެވެ. މި ސެންޓްގެ މަޑުމޮޅި މީރު ވަހުން އުފާވެރިކަން ގެނެސްދީ، މީހާގެ މޫޑް ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ.
މި ސެންޓްގެ އެމްބެސެޑަރަކީ މަޝްހޫރު ފިލްމީ ތަރި ޖެނިފާ ލޯރެންސް އެވެ. ޒުވާން، ހުނަރުވެރި ތަރި، ޖޯއިގެ މޫނެއްގެ ގޮތުގައި ބޭނުންކުރަނީ މި ސެންޓްގެ މަޑުމޮޅިކަން އަދި އެނާޖެޓިކް ކަން ދައްކުވައިދިނުމަށެވެ.
ކޮލިޓީ އޮރިޖިނަލް ޑިޒައިނާ ސެންޓް ވިއްކުމުގައި 28 އަހަރުގެ ތަޖުރިބާ ލިބިފައިވާ ލެކިއުޓަކީ އަބަދުވެސް އާ ސެންޓް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ މެދުވެރިއެކެވެ.
ޖޯއި ސެންޓް ލެކިއުޓް ފްލެގްޝިޕް ސްޓޯރު، ލެކިއުޓް މާފަންނާއި ލެކިއުޓްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން ލިބެންހުންނާނެ އެވެ.
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
"އެލީ ސާބް" ސެންޓް ލެކިއުޓުން ތައާރަފުކޮށްފި
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ސިޔާސަ ވާހާ ރަނގަޅު "ގުޑް ގާލް" ލެކިއުޓަށް
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އެލް އެސްޓްރޭނޯއިން ސެންޓު ގަނެގެން ކާރެއް ދެނީ
ޑީ އެންޑް ޕީ އިން 3،500ރ. ގެ ގިވްއަވޭއެއް ދެނީ
ޑީ އެންޑް ޕީ ޕާފިއުމަމްއިން ބޮޑު ޑިސްކައުންޓެއް ދެނީ
އީދަށް ލެކިއުޓްއިން އީދު ހަދިޔާ އާއި ޑިސްކައުންޓް