"ސިޔާސަ ވެލާހާ ވެސް މީތި ރަނގަޅު."
11 އޯގަސްޓް 2016
"ސިޔާސަ ވެލާހާ ވެސް މީތި ރަނގަޅު."
އެ ޖުމްލައިން ސިފަވަނީ ކޮން ކަމެއް ހެއްޔެވެ؟ އަންހެނުންނަށް ރައްދުވާ ގޮތަށް އެ ބަސްކޮޅު ބޭނުންކޮށްފި ނަމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އަންހެނުންނަށް ހާއްސަ އުފެއްދުމެއް އިޝްތިހާރު ކުރުމަށް ބޭނުން ކުރުމުން ވިސްނެނީ ކިހިނެއް ހެއްޔެވެ؟
އެ ސުވާލުތަކުގެ ޖަވާބު ކެރޮލީނާ ހެރޭރާ ދެނީ މުޅިން އަލަށް ބާޒާރަށް ނެރުނު ސެންޓަކުންނެވެ. ޓެގްލައިނެއްގެ ގޮތުގައި "ގުޑް ޓު ބީ ބޭޑް" ބޭނުންކޮށްގެން ވިއްކާ "ގުޑް ގާލް" ސެންޓުން ދައްކައިދޭން ބޭނުން ވަނީ މި ޒަމާނުގެ އަންހެނުންގެ ސިފަތަކެވެ. އަމިއްލަވަންތަކަމެވެ. މިނިވަން ޖައްވެއްގައި، މިނިވަންކަމާ އެކު އުޅުމެވެ. އެހެންވެ، ކުޑަކޮށް "ސިޔާސަ ވެލަނީ" އެވެ. ބޭނުމަކީ އެ ސެންޓް ޖަހައިގެން ހުންނަ މީހަކާ މެދު އެހެން މީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ސުވާލު އުފައްދާލައި އެ މީހަކާ ދޭތެރޭ ޝައުގުވެރިކަން އުފެއްދުމެވެ.
ކެރޮލީނާ މިފަހަރު ނެރުނު ސެންޓުގެ ވަސް 12 ގަޑިއިރަށް ވުރެ ގިނައިރު ހުންނާނެ ކަމަށް އޭނާ ބުނެ އެވެ. އެއީ ހަމަ ތެދެކެވެ. އެހާ ވެސް ގިނަ އިރު އޭގެ ވަސް ހިފަހައްޓަ އެވެ.
އޭނާ ބުނާ ގޮތުގައި މި ސެންޓުގައި ބޭނުން ކޮށްފައިވާ ވަކިވަކި ވަސްތައް ނުވަތަ ނޯޓުތަކަކީ ވެސް މިނިވަން އަންހެނެއް ސިފަކޮށްދޭ ނޯޓުތަކެކެވެ. އެ ގޮތުން މި ސެންޓުގައި ޓިއުބާރޯސް، ހުވަނދުމާ، ކޮފީ، އާމަންޑް، ޓޮންކާ ބީންސް އަދި ކޮކޯގެ ވަސް ހުރެ އެވެ.
މަޝްހޫރު ފެޝަން ޑިޒައިނާ ކެރޮލީނާ ހެރޭރާ އެންމެ ފަހުން ނެރުނު ސެންޓު "ގުޑް ގާލް": މި ސެންޓު ލެކިއުޓް އިން މިހާރު ލިބެން ހުންނާނެ.--
އެ ހުރިހާ ވަސްތަކެއް މަސްހުނިވެގެން، ސެންޓެއްގެ ސިފައިގައި އާއްމުންނަށް ލިބޭއިރު، ބައެއް މީހުން މި ސެންޓުގެ ވަސް ޖުމްލަކޮށް ސިފަ ކުރަނީ ހުތް ފޮނި ވަހެއްގެ ގޮތުގަ އެވެ.
މި ސެންޓުން ދުވާ މީރު ވަހުގެ އިތުރުން، އަންހެނުންނަށް "ގުޑް ގާލް" އެންމެ ކަމުދާނެ އަނެއް ސަބަބަށް ހަމަ ގައިމު ވެސް ވާނީ ސެންޓު ފުޅީގެ ރީތި ކަމެވެ. ސްޓިލެޓޯ ފައިވާނެއްގެ ބައްޓަމަށް ހުންނަ ކަޅު ފުޅީގެ "ހީލްސް" ހުންނަނީ ރަން ކުލައިގަ އެވެ. މިއީ ހަމަގައިމު ވެސް މި ސެންޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. ހުސްވުމުން އެއްލާ ނުލާ ބެހެއްޓުން އެކަނި ވެސް މި ސެންޓުގެ އަޖުމަ ބަލާލަން ޖެހޭ އެއް ސަބަބަށް ފުދެ އެވެ.
"ގުޑް ގާލް"ގެ 50 އެމްއެލް އަދި 80 އެމްއެލްގެ ފުޅި ހުންނަ އިރު މި ދެ ސައިޒުގެ ފުޅި ވެސް ލެކިއުޓްގެ ފިހާރަތަކާއި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
"އެލީ ސާބް" ސެންޓް ލެކިއުޓުން ތައާރަފުކޮށްފި
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ކްރިސްޓިއަން "ޑިއޯ ޖޯއި" ލެކިއުޓުން
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އެލް އެސްޓްރޭނޯއިން ސެންޓު ގަނެގެން ކާރެއް ދެނީ
ޑީ އެންޑް ޕީ އިން 3،500ރ. ގެ ގިވްއަވޭއެއް ދެނީ
ޑީ އެންޑް ޕީ ޕާފިއުމަމްއިން ބޮޑު ޑިސްކައުންޓެއް ދެނީ
އީދަށް ލެކިއުޓްއިން އީދު ހަދިޔާ އާއި ޑިސްކައުންޓް