Roadha Mihaaru
ބްރިޖާއި ރިންގް ރޯޑުގައި އެކްސިޑެންޓުތަކެއް!

ބްރިޖާއި ރިންގް ރޯޑުގައި، ފުރަތަމަ ދުވަހު ވެސް، އެކްސިޑެންޓުތަކެއް!

08 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު މަތީގަ އާއި ބްރިޖާ ގުޅޭ ބޮޑެތި މަގުތައް އިއްޔެ ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލިއިރު ރޭ އެތަނުގައި އެކްސިޑެންޓުތަކެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖު މަތީގަ އާއި ބްރިޖާ ގުޅޭ ބޮޑެތި މަގުތައް އިއްޔެ ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލިއިރު ރޭ އެތަނުގައި އެކްސިޑެންޓުތަކެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ރޭ އެކަނި ވެސް ބްރިޖު މަތީގަ އާއި ހުޅުލެ ލިންކް ރޯޑާއި ތާރު އަޅައިގެން ހެދި ބޮޑުތަކުރުފާނު މަގުގައި ތިން އެކްސިޑެންޓެއް ހިނގި އެވެ. އެތައް ހާސް ބަޔަކު އިއްޔެ ހަވީރާއި ރޭ ބޭނުންކުރި ބްރިޖާއި ރިންގް ރޯޑުގައި ހިނގި މި އެކްސިޑެންޓްތަކާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބްރިޖު މަތީގައި އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ. އަދި ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ވެސް އެކްސިޑެންޓެއް ހިނގި އެވެ. އެކަމަކު މި އެކްސިޑެންޓުތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމަކަށް އެނގިފައެއް ނުވެ އެވެ.

ހުޅުލެ ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓު.

ހުޅުލެ ލިންކް ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓު.

ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު ހުޅުމާލޭގެ މައި މަގުތައް ފުރަތަމަ ފަހަރަށް ތޮއްޖެހުނެވެ.

ބްރިޖާއި ބްރިޖާ ގުޅޭ މަގުތަކުގައި ސައިކަލް ދުއްވާ މީހުން ހެލްމެޓް އަޅަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ސައިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.