ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން "އަ ގެދަރިން ފޯ ކޮފީ ލަވާސް"ގެ ނަމުގައި ބޮޑު ކޮފީ އިވެންޓެއްގެ ގޮތުގައި ބޭއްވި މުބާރާތުގެ އެއްވަނަ ރަހުމާ މުހައްމަދު ހޯދައިފި އެވެ. މިއީ އޭނާ އެ މަގާމު ހޯދި ދެވަނަ ފަހަރެވެ.
ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން "އަ ގެދަރިން ފޯ ކޮފީ ލަވާސް"ގެ ނަމުގައި ބޮޑު ކޮފީ އިވެންޓެއްގެ ގޮތުގައި ބޭއްވި މުބާރާތުގެ އެއްވަނަ ރަހުމާ މުހައްމަދު ހޯދައިފި އެވެ. މިއީ އޭނާ އެ މަގާމު ހޯދި ދެވަނަ ފަހަރެވެ.
ރަހުމާ މި މުބާރާތް ކާމިޔާބުކޮށް އެއްވަނަ ހޯދުމުން، އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނީ އޭނާ އެވެ.
"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018"ގައި ވަނަތައް ހޯދި ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ދިރާގު
ރަސްރަނި ބަގީޗާގައި އިއްޔެ ހަވީރު ބޭއްވި އެ ހަރަކާތަކީ ކޮފީއާ ގުޅޭ ގޮތުން، އާއްމުންނަށް ހުޅުވާލައިގެން މިހާތަނަށް ރާއްޖޭ ގައި ބޭއްވި އެންމެ ބޮޑު ހަރަކާތް ކަމަށެވެ. އަދި އެ މުބާރާތުގައި ޖުމްލަ 15 މީހަކު ބައިވެރިވެފައިވެ އެވެ. އެ މުބާރާތުގައި ރޭ ކުރިއަށް ގެންދިޔައީ ސެމީ ފައިނަލް އާއި ފައިނަލް އެވެ. ސެމީ ފައިނަލްގައި ފަސް މީހަކު ވާދަކޮށްފައިވެ އެވެ.
އެ މުބާރާތުން ރަހުމާ އެއްވަނަ ހޯދިއިރު ދެވަނަ ހޯދީ ހައްވާ ޝަހާ އެވެ. އަދި ތިންވަނަ ހޯދީ އަބްދުލް މުއީތެވެ.
ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެވެ. އެންމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި ބާއްވާ މުބާރާތުގައި 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.
އުރީދު އާއި ދިރާގުން ކޮފީއަށް އަރާފަ ގުޅާބަލަ!
ދިރާގާއި ކޮފީ ލެބް ގުޅިގެން ބޮޑު ކޮފީ އިވެންޓެއް
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު
ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ސެޓިފިކޭޝަން
ދިރާގު ރޯޑްރޭހުން ޖަމިއްޔާތަކަށް ހަ ލައްކަ ރުފިޔާ