ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
09 އޯގަސްޓް 2016
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ފުލުހުން ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ މާލެއަކީ މީހުން ގިނަ، ކާރޫބާރު ބޮޑު ތަނަކަށް ވާތީ، މަގުތަކަށް އެއްވުމުން ގިނަ އުނދަގޫތަކެއް އާންމުންނަށް ކުރިމަތި ވާތީ ކަމަށެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައިވާއިރު މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން އާޓިފިޝަލް ބީޗްގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ.
ފުލުހުން ބުނެފައިވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ކުރި މުޒާހަރާއަށް ފުލުހުން ފުރުސަތު ދީފައިވެ އެވެ.
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
އެއްވުން ރޫޅާލި ގޮތާ މެދު ހޯމް މިނިސްޓަރާ ސުވާލުކުރަނީ
އެއްވެ އުޅުން ހަނިކުރަން ދެއްކޭނެ ބަހަނާއެއް ނެތް
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
"އާންމުންގެ ހައްގަށް އަރައިގަންނަން ފުރުސަތެއް ނެތް"
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މަޖިލިސް ގޯތިތެރެއަށް އުކީ ކުކުޅު ބިސް، ގަލެއް ނޫން
"އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށެއްނުލާނަން"
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
ފުލުހުން އަމަލުކުރީ މަޖިލިހުގެ ގަވާއިދާ ހިލާފަށް:އީވާ