Roadha Mihaaru
އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ގަބޫލުކޮށްފި

އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ގަބޫލުފުޅު ކުރައްވައިފި

04 އޮކްޓޯބަރ 2018

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ރާއްޖެ ވަޑައިގަތުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ރާއްޖެ ވަޑައިގަތުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުގައި ބުނީ އިބޫ އާއި ޕާކިސްތާންގެ ބޮޑުވަޒީރު ފޯނުން ދެއްކެވި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވަރުގަދަ ވާނެ ކަމުގެ އުންމީދު އޮތް ކަމަށް އިބޫ ވިދާޅުވި ކަމަށް ވެސް، ޕާކިސްތާނުގެ މީޑިއާ އިން ބުނެ އެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ވަނީ، މީީޑިއާ އިން ބުނި ގޮތުގައި، އިބޫގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ކާމިޔާބީ އާއި ހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ

މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި، ބޮޑު އަޣުލަބިއްޔަތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ.

އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އާއި ރަޝިއާ އާއި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އިބޫ އަށް ދައުވަތު ވެސް ދެއްވައިފަ އެވެ.