Roadha Mihaaru

އާދައިގެ ޕާސްވޯޑް ބޭނުންކުރުން ކެލިފޯނިއާގައި މަނާކުރަނީ

ޑިވައިސްތަކުގައި ހުންނަ ޑިފޯލްޓް ޕާސްވޯޑްތަކާއި އާންމު ޕާސްވޯޑްތައް ބޭނުންކުރުން، އެމެރިކާގެ ކެލިފޯނިއާގައި މަނާކުރަން ނިންމައިފި އެވެ.

އާދައިގެ ޕާސްވޯޑް ބޭނުންކުރުން ކެލިފޯނިއާގައި މަނާކުރަނީ

ޑިވައިސްތަކުގައި ހުންނަ ޑިފޯލްޓް ޕާސްވޯޑްތަކާއި އާންމު ޕާސްވޯޑްތައް ބޭނުންކުރުން، އެމެރިކާގެ ކެލިފޯނިއާގައި މަނާކުރަން ނިންމައިފި އެވެ.

ކެލިފޯނިއާ ސްޓޭޓުން މިހާރު ވަނީ އެ ސަރަހައްދުގައި އުފައްދާ އަދި ވިއްކާ، އިންޓަނެޓާ ގުޅައިގެން ބޭނުންކުރާ ޑިވައިސްތަކުގައި، "admin" އަދި "password" ފަދަ، ބަސްތައް، ޕާސްވޯޑްގެ ގޮތުގައި ބޭނުންކުރުން 2020 ވަނަ އަހަރުގެ ނިޔަލަށް މަނާކުރާ ގާނޫނެއް ފާސްކޮށްފަ އެވެ.

މި ގާނޫނުން ލާޒިމްކުރަނީ ކޮންމެ ޑިވައިސްއަކަށް ވެސް ވަކި ޕާސްވޯޑަކާ އެކު އެ ޑިވައިސްއެއް ވިއްކުމަށެވެ.

މިއީ ފަސޭހައިން ލަފާކޮށްލެވޭ ޕާސްވޯޑްތައް ބޭނުންކުރުމުގެ ސަބަބުން، ސައިބަ ހަމަލާތައް ގިނަވެ، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

"އިންފޮމޭޝަން ޕްރައިވެސީ: ކަނެކްޓެޑް ޑިވައިސަސް ބިލް" ގައި، ކޮންމެ ޑިވައިސްއެއްގައި އެކަށީގެންވާ ފެންވަރެއްގެ ސަލާމަތީ ފިޔަވަޅުތައް ހުރުން ވެސް ލާޒިމްކުރެ އެވެ. އަދި ޑިވައިސްއެއްގެ ރައްކާތެރިކަމުގެ ފިޔަވަޅު ދަށްވުމުގެ ސަބަބުން ކަސްޓަމަރަށް ގެއްލުމެއް ވެއްޖެ ނަމަ އެ ޑިވައިސްއެއް އުފެއްދި ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދުމުގެ ގާނޫނީ ބާރު ވެސް މި ގާނޫނުން ލިބިދެ އެވެ.

މި ގާނޫނާ ބެހޭ ގޮތުން ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ސައިބަ ހަމަލާތައް، އާދައިގެ ޕާސްވޯޑްތައް ބޭނުންކުރުމުން އިތުރުވުމަށް ވުރެ ނުރައްކަލީ އަޕްޑޭޓް ނުކުރެވޭ ފެންވަރު ދަށް ޑިވައިސްތައް ބޭނުންކުރުމެވެ. އެހެންވެ މި ގާނޫނުގެ ސަބަބުން މި ދެ މައްސަލަ އަށް ވެސް އެދެވޭ ހައްލެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.